ads
ޝަރީފާ އާއި ޝިއުނީ--
ޝައިން ސެލޫން: ދެ ބެންގެ ހިތްވަރު!
ޝަރީ (އާއިޝަތު ޝަރީފާ) އަކީ އެންމެ ކުޑައިރުއްސުރެ ވެސް މީހުން ނަލަހެއްދުމުގެ މަސައްކަތަށް ވަރަށް ޝައުގުވެރިވި މީހެކެވެ. އެގޮތުން އެންމެ ފުރަތަމަ ގޭދޮށުގައި އުޅޭ ގާތް ރަހުމަތްތެރީން ތަފާތު މުނާސަބަތުތަކަށް ނަލަހައްދައިދީ ހަދައެވެ. ރަހުމަތްތެރީންގެ ފަރާތުން ލިބެމުންދިޔަ ތައުރީފުގެ ބަސްތަކުން އިތުރަށް މިމަސައްކަތުގައި ކުރިޔަށް ދިޔުމުގެ އަޒުމު އާވިއެވެ. އެއަށްފަހު ޝަރީ ނުކުތީ އެކަމުގެ ފަންނުވެރި ރަސްމީ މަސައްކަތަށެވެ. ދިމާވި ކޮންމެ ގޮންޖެހުމެއް ގިރާކުރަމުންނެވެ. މިކަމަކީ ޝަރީގެ އުފަލެއް ކަމުގައި ދެކެމުންނެވެ.

ކަމުގެ އިލްމާއި ހުނަރު ހޯދުމަށްފަހު އޭނާގެ މިސްރާބު ބަދަލުކޮށްލީ ކަމުގެ އަމަލީ ތަޖުރިބާ ހޯދުމަށެވެ. އެގޮތުން ސެލޫނަކާ ގުޅި ކަމާގުޅޭ ތަފާތު ހިދުމަތްތައް ދިނުމުގައި ކްލައިންޓުންގެ އިތުބާރާއި ޔަގީންކަން ޝަރީ ހޯދިއެވެ. މިހާރު ޝަރީއަކީ އެތައް ސަތޭކަ ކްލައިންޓުންގެ އިތުބާރު ލިބިފައިވާ މީހެކެވެ. އެންމެ ޅަ ދުވަހުންފެށިގެން ވެސް އޭނާގެ ހުވަފެނަކީ، އެ ރޮނގުން ކްލައިންޓުން ބަލައިގަންނަ ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމެވެ. އެކަން މިހާރު މިވަނީ ޝަރީއަށް ކާމިޔާބު ވެފައެވެ.

ޝަރީ އެންމެ ކުޑައިރުންސުރެ ވެސް ދެކެމުންއައި ހުވަފެންތަކުގައި ހަގީގީ ކުލަ ޖެހިގެން ދިޔައީ މީގެ 12 އަހަރުކުރީންނެވެ. އެއީ އޭނާގެ ކޮއްކޮ ޝިއުނީ އާއި މުޅި އާއިލާގެވެސް އެއްބާރުލުމާއި އެކު ހުޅުވިގެންދިޔަ އެމީހުންގެ އަމިއްލަ ސެލޫނާއި ހަމައިންނެވެ. ފެންވަރު ރަނގަޅު ހިދުމަތަކާއި އެކު ފަށައިގަނެވުނު މި ސެލޫން، ދެބެން ގުޅިގެން ފަށާފައިވަނީ އޭރު މިފަދަ ހިދުމަތްތައް ދެމުންދާ ތަންތަނާއި އެއްފެންވަރެއްގައި ފައިހަމަ ކުރެވޭހާ މިންވަރެއްގައެވެ. ޝަރީ އާއި ޝިއުނީ ގުޅިގެން "ޝައިން" ސެލޫންގެ ނަމުގައި ސެލޫންއެއް ހުޅުވާފައިވަނީ 2008 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހުއެވެ. މިއީ ދެބެއިންގެ ފެށުމެވެ.

your imageޝައިން ސެލޫން--

ޝަރީ، ސެލޫންގެ މަސައްކަތުގައި އުޅޭއިރު އޭނާގެ ކޮއްކޮ ޝިއުނީ އުޅޭނީ އެތަން ހިންގުމުގެ މަސައްކަތުގައެވެ. ޝިއުނީއަކީ ވެސް މެނޭޖުމެންޓް ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްފައިވާ އަދި މިދާއިރާއިން ތަޖުރިބާ ލިބިފައިވާ މީހެކެވެ. ދެބެއިން "ޝައިން" އާއި އެކު 12 އަހަރު ފާއިތުކުރިއިރު ލައްކަ ތަޖުރިބާތަކާއި އެކު އެއްދުވަހުން އަނެއް ދުވަހަށް ތަނުން ފޯރުކޮށްދެވޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ކްލައިންޓުން ހިތްހަމަ ޖެހޭފަދަ ހިދުމަތްތަކެއް ދެވެމުންދާކަން ދެބޭންވެސް ފާހަގަ ކުރެއެވެ.

"ސެލޫނަށް އައުމުން ހުރިހާ ކްލައިންޓުންނަކީވެސް ވީ އައި ޕީ ކްލައިންޓުން. އެއްވެސް ކްލައިންްޓަކު މާޔޫސްވެގެން ދާފަދަ ކަމެއް ފާއިތުވީ 12 އަހަރުގެ ތެރޭގައި ހިނގާފައި ނުވާކަން ފާހަގަކުރަން. މިކަން އެނގެނީ އަޅުގަނޑުމެންގެ މަސައްކަތާމެދު އެއްވެސް ކްލައިންޓެއް ޝަކުވާއެއް ހުށަހަޅާފައި ނުވުމުން. އަދި އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ކްލައިންޓުން ހިތްހަމަ ޖެހުމާއި އެކު ޝައިން އިން ނުކުމެގެން ދިއުން" ޝަރީ ބުންޏެވެ.

އެންމެ ކުރިންވެސް ޝަރީގެ ހިދުމަތް ބަލައިގަންނަ ލޯޔަލް ކްލައިންޓުން ތަކެއް ލިބިފައިވެއެވެ. މިކަމުގެ ނަތީޖާއަކީ "ޝައިން" ހުޅުވުމާއި އެކުވެސް އެ ކްލައިންޓުންގެ ހިދުމަތް މެދުކެނޑުމެއްނެތި "ޝައިން"އިން ހޯދަމުން ދިޔުމެވެ. މިއީ "ޝައިން" ގެ ފެށުން ރަނގަޅުކަން ދައްކައިދޭ ހެއްކެއްކަން ދެބޭންވެސް ފާހަގަކުރައްވައެވެ.

"ވަރަށް ގިނަ ތަންތަނުން ބޮލުގައި ކުލަޖެއްސިއްޖެ. އެކަމަކު ޝައިން އިން ކުލަ ޖައްސާލީމާ ލިބޭ ހިތްހަމަ ޖެހުމެއް ނުލިބޭ. އަދި ޝަރީ އާއި ޓީމަކީ ކޮންމެ ކްލައިންޓެއްވެސް ދަނެގެން އެއްވެސް މީހަކު ބާކީ ނުކޮށް ހިދުމަތްދޭ ޓީމެއް. ސެލްފް ކެއާ މިވަރެއްނެތް". ޝައިންގެ ހިދުމަތްތަކާއި މެދު ވަރަށް ހިތްހަމަ ޖެހިފައިހުރި ޝައިންގެ ކްލައިންޓަކު ބުންޏެވެ.

މި ދެބެއިންގެ ހިދުމަތްތަކާއި މެދު ހިތްހަމަ ޖެހިފައި ތިބީ ހަމަ އެކަނި ކްލައިންޓުން އެކަންޏެއް ނޫނެވެ. ތަނުގެ މުވައްޒަފުންވެސް ޝަރީ އާއި ޝިއުނީގެ އަޅާލުމާއި އެހީތެރިކަން ފާހަގަކުރެއެވެ. މިކަމުގެ ސަބަބުން ތަނުގެ މުވައްޒަފުންވެސް މަސައްކަތްކުރަނީ ވަރަށް ހިތްހަމަ ޖެހުމާއެކީގައެވެ. އެކަން ތަނުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންވެސް ފާހަގަކުރެއެވެ.

your imageޝައިން ސެލޫން--

މއ. ސްޓާލިން ގްރޭޑް ގެ ފުރަތަމަ ފަންގިފިލާގައި މިހާރު "ޝައިން" ހިންގަމުން އަންނައިރު ކުރިއާއި ހިލާފަށް އެތަނުން ދެމުންދާ ހިދުމަތްތައް އިތުރުވެ ފެންވަރުވެސް ރަނގަޅުވާނޭކަމަށް ޝިއުނީ ފާހަގަކުރެ އެވެ. 

އޭގެ އިތުރުން ޝިއުނީ ހާމަކުރާ ގޮތުގައި ޝައިންގައި އަބަދުވެސް ބޭނުންކުރަމުންދަނީ ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތައް ކަމަށާއި އެ ހުރިހާ ބްރޭންޑެއްވެސް ބޭނުންކުރަނީ އެ ބްރޭންޑަކާއި ގުޅޭ ޓްރެއިނިން ހެދުމަށްފަހު ކަމާގުޅޭ އެންމެހާ ތަމްރީންތައް ތަނުގެ ހުރިހާ ސްޓާފުންނަށްވެސް ލިބިދީގެން ކަމަށެވެ.

ޝައިން އިން އަންނަނީ މި ދާއިރާއިން މީހުންވެސް ތަމްރީން ކޮށްދެމުންނެވެ. އެގޮތުން މި ތަނުން ތަމްރީނުވެގެން ރާއްޖޭގެ ވަރަށް ގިނަ އަންހެން ކުދިން މި ރޮނގުން ކުރިއަށް ދާކަން ޝަރީ ފާހަގަ ކުރެއްވިއެވެ. އަދި "ޝައިން" ސެލޫނުގައި އަބަދުވެސް މަސައްކަތްކުރަމުން ދަނީ އަންހެންކުދިން ކަމާއި މި ހިދުމަތްތައް ދިނުމުގައި ހަރަކާތްތެރިވާ ގިނަ މުވައްޒަފުންނަކީ ދިވެހިންކަންވެސް ޝަރީ ފާހަގަކުރެއްވި އެވެ.

ޝަރީ އަކީ ރާއްޖޭން އެންމެ ފުރަތަމަ ހެއާ އެންޑް ބިއުޓީ ދާއިރާއިން ގައުމީ އިނާމް ހާސިލްކޮށްފައިވާ ފަރާތެވެ. އޭގެއިތުރުން ސްރީލަންކާ، އިންޑިއާ، މެލޭޝިއާ އަދި ތައިލޭންޑް ފަދަ ގައުމުތަކުން މި ދާއިރާއިން ޝަރީ ވަނީ ފުރިހަމަ ތަމްރީން ހޯދާފައެވެ. ޝަރީގެ ވިއްސަކަށް އަހަރުގެ މި ދިގު މުއްދަތުގައި ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. ކޮންމެއަކަސް ހިތްވަރާއެކު ކުރެވުނު ބުރަ މަސައްކަތުން ދުވަހެއް ދުވަހަކަށް ޝައިން ކުރިއަރަމުންދާކަން ޝިއުނީ ފަހުރުވެރި ކަމާއިއެކު ފާހަގަކުރެ އެވެ. 

your imageގައުމީ އެވޯޑް ޝަރީއަށް ލިބުން--

ޝައިންއަށް 12 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅިގެން މިވަނީ ހާއްސަ ޕްރޮމޯޝަންތަކެއް ވެސް ފަށާފައެވެ. އެގޮތުން "ގިވްއަވޭ" އެއް އިއްޔެ އިން ފެށިގެން ކުރިއަށްދާނެއެވެ. އޭގައި ބައިވެރިވެވެން އޮތީ ޝައިންގެ އިންސްޓާގްރާމް ޕޭޖު(@shynsalon.mv) ފޮލޯ ކުރުމާއި އެކު ތިން ރަހުމަތްތެރިއަކު އޭގައި ޓެގް ކުރުމުގެ އިތުރުން އިންސްޓަރގްރާމް ސްޓޯރީއަށް އެ ޝެއާ ކުރުމަށްފަހު "ޝައިން" ޓެގް ކުރުމުންނެވެ. ނަސީބުވެރިންގެ ގޮތުގައި ތިންފަރާތެއް ހޮވިގެން ދާނެއެވެ. އެއް ވަނަ ނަސީބްވެރިޔާއަށް -/3،500ރ ގެ އަގުހުރި ހިދުމަތް ލިބޭ އިރު، ދެ ވަނަ އަށް ހޮވޭ ނަސީބްވެރިޔާއަށް -/2،800ރ ގެ އަގުހުރި ހިދުމަތްތަކެއް އަދި 3 ވަނަ ނަސީބް ވެރިއާއަށް -/2،500ރ ގެ އަގުހުރި ހިދުމަތްތަކެއް ލިބިގެން ދާނެއެވެ. ނަސީބުވެރިން ހޮވުން އޮންނާނީ އޮކްޓޫބަރު މަހުގެ 15 ދުވަހުއެވެ.

އޭގެ އިތުރުން ޑިސްކައުންޓްތަކެއް ވެސް ޝައިން އިން ވަނީ ހުޅުވާލާފައެވެ. މި މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ޝައިން ސެލޫން އިން ހޯއްދަވާ ހިދުމަތްތަކަށް %30 އާއި %50 އާ ދެމެދުގެ ޑިސްކައުންޓް ލިބޭނެ ކަމަށް އެ ފަރާތުން ފާހަގަކުރެ އެވެ، މިއީ ހަމަ ގައިމުވެސް ޝައިން ސެލޫން ތަޖުރިބާ ކޮށްލުމަށް ބޭނުންވާ ފަރާތްތަކަށް ރަނުގެ ފުރުސަތެކެވެ.

ޝައިން ގެ މިވާހަކައަކީ ކުޑަ އިރުންސުރެން ދެކެމުންއައި ހުވަފެން، ކާމިޔާބު ވިޔަފާރިއެއްގެ ގޮތުގައި ކުލަ ޖެހިގެން އައުމުގެ އުފަލުގެ ވާހަކައެކެވެ. “މިކަން މި ހާސިލް ކުރެވުނީ އާއިލާއިން ލިބުން ލޯތްބާއި، ކްލައިންޓުން ދިން އިތުބާރާއި، އަދި ހީވާގިކަމާއެކު މަސައްކަތް ކޮށްދިން މުވައްޒަފުންގެ މަސައްކަތުން. މިކާމިޔާބު މިންވަރު ކޮށްދެއްވީތީ އެންމެ ރަހުމާންވަންތަ މާތްﷲ އަށް ހަމްދާއި ޝުކުރު އަދާކުރަން،” ޝަރީ އާއި ޝިއުނީ ބުންޏެވެ.

your imageޝައިން ސެލޫން--

Shyn Salon,

Ma. Starling Grade (1st Floor

Buruzu Magu

3008887 / 9188887

Instagram: @Shynsalon.mv

90%
ކަމުގޮސްފި
3%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް