ads
މޯލްޑިވިއަންގެ ސީޕްލޭނެއް-- ފޮޓޯ: ޕީއެސްއެމް
އައްޑޫ އާއި ހުވަދު އަތޮޅާ ދެމެދު ސީޕްލޭން ދަތުރުތައް ފަށަން ސޮއިކޮށްފި
އައްޑޫ ސިޓީ އާއި ގއ. އަދި ގދ. އަތޮޅާ ދެމެދު ސީޕްލޭން ދަތުރުތައް ފެށުމަށް އައިލެންޑް އޭވިއޭޝަނުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އައްޑޫ ސިޓީގައި އެކަމަށް އޮތް ރަސްމިއްޔާތުގައި އެ ތިން ސަރަހައްދުގެ މަޖިލިސް މެމްބަރުންނާއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ބައިވެރިވެވަޑައިގެންނެވި އެވެ. 

އެ ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ ކުރިއަށް އޮތް 45 ދުވަހުގެ ތެރޭގައި ހިދުމަތް ފަށާނެ ކަމަށާއި މިއީ ޓޫރިޒަމް ރަނގަޅުވެ އެ ސަރަހައްދުތަކުގެ އިގްތިސޯދަށް ހެޔޮ ބަދަލެއް އަންނާނެ ހިދުމަތެއް ކަމަށެވެ. 

އައިލެންޑް އޭވިއޭޝަނުން ހިންގާ ގައުމީ އެއާލައިން، މޯލްޑިވިއަނުން ދާދި ފަހުން އައްޑޫ އާއި ގއ. އަދި ގދ. އާ ދެމެދު ކަނެކްޝަން ފްލައިޓުތައް ވެސް ފަށާފަ އެވެ. އޭގެ އިތުރުން އޭއައިއޭ އިން ދަނީ ފުވައްމުލަކަށް ގަވާއިދުން ދަތުރުތައް ބޭއްވުމަށް ވެސް މަޝްވަރާތައް ކުރަމުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް