ads
ޓެސާ ހަންސެން ސްމިތު--
މިއީ ފެނުގައި ޖެހުމުން އެލާޖިކްވާ އަންހެނެއް، ފެންވަރަނީ މަހަކު ދެ ފަހަރު!
މިއީ ފެނަށް އެލާޖިކްވެފައި ހުރި އުމުރުން 21 އަހަރުގެ ޓެސާ ހަންސެން ސްމިތުގެ ވާހަކަ އެވެ. ދުނިޔޭން ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއްގެ ޝިކާރައަކަށްވެފައިވާ މިކުއްޖާ، ފެނަށް އެލާޖިކްވުމުގެ ސަބަބުން އުޅެމުން އަންނަނީ ވަރަށް ވޭންހުރި ދިރިއުޅުމެކެވެ.
މިއީ ފެނަށް އެލާޖިކްވެފައި ހުރި އުމުރުން 21 އަހަރުގެ ޓެސާ ހަންސެން ސްމިތުގެ ވާހަކަ އެވެ. ދުނިޔޭން ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއްގެ ޝިކާރައަކަށްވެފައިވާ މިކުއްޖާ، ފެނަށް އެލާޖިކްވުމުގެ ސަބަބުން އުޅެމުން އަންނަނީ ވަރަށް ވޭންހުރި ދިރިއުޅުމެކެވެ.

ޔުނިވާސިޓީގައި މިހާރު ކިޔަވަމުން އަންނަ އެ އަންހެން މީހާއަށް ކުޅިވަރު ހަރަކާތްތަކާއި އަދިވެސް އިތުރު ހަރަކާތްތަކުގައި ބައިވެރިވެވޭ ގޮތެއް ނުވެ އެވެ. ސަބަބަކީ ދާހިތްލާ ފަދަ މަސައްކަތްތައް ކުރުމަކީ ވެސް އޭނާގެ ހަށިގަނޑަށް ވޭން ހުރި ކަމަކަށް ވުމެވެ.

ކެލިފޯނިއާއަށް ނިސްބަތްވާ އެކުއްޖާ ފެންވަރަނީ ވެސް މަހަކު އެންމެ ދެ ފަހަރެވެ. ފެންވެރުމުން ވެސް ހަންގަނޑު ކަހައި ރަތްވާކަމަށް އެކުއްޖާ ބުނެ އެވެ.

ފެން ހިމެނޭ ކާނާގެ ބާވަތްތައް ކެއުމާއި ފެން ބުއިމުން ވެސް ހަންގަނޑުގެ ތަންތަން ކަނޑައިގެންދާ ފަދަ ގޮތްތަކެއް ވެފައި ހުންނަ ކަމަށް އެކުއްޖާ ބުނެ އެވެ.

އެކުއާޖެނިކް އުރިޓިކޭރިޔާ ބަލި އެކުއްޖާއަށް ޖެހިފައިވާއިރު މިއީ ދުނިޔޭގެ ނިސްބަތުން 100 މީހުންނަށް ވުރެ ވެސް މަދު ބަޔަކަށް ޖެހިފަައިވާ ބައްޔެކެވެ.

އުމުރުން އެންމެ 10 އަހަރުގައި އެކުއާޖެނިކް އުރިޓިކޭރިޔާ ބަލި އޭނާއަށް ޖެހިފައިވާކަން އެނގުން ނަމަވެސް އަށް އަހަރުގައި ވެސް އޭނާގެ ގައިން އެ އެލާޖިކްގެ އަސަރުތައް ފެންނަން ފެށި އެވެ. އެކަމަކު އޭނާގެ މަންމަ ފުރަތަމަ ހީކުރީ، އެއީ ފެންވެރުމަށް ބޭނުންކުރި ސައިބޯނި ނުވަތަ ޝޭމްޕޫގެ ސަބަބުންވީ ގޮތެއް ކަމަށެވެ.

މިހެންވެ ފެނަށް އެލާޖިކްވާތީ އެ އަންހެން މީހާ އުޅެން ޖެހެނީ ވަރަށް ބޮޑަށް ބަލައިގެންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް