ads
މޫސުން ގޯސް ދުވަހެއްގައި ރަށެއްގެ ގޮނޑުދޮށް
ތ. އިން ގއ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި
މޫސުން ގޯސްވެ ތ. އަތޮޅުން ގއ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި އެވެ.

މެޓުން މިރޭ 19:15 އިން 23:00 އަށް ޔެލޯ އެލާޓް އެ ސަރަހައްދަށް ނެރުނީ ގަޑިއަކު 45 މޭލަށް ވައިދަގަވާނެ ކަމަށް ލަފާކޮށްފަ އެވެ. 

އެންމެ ފުރަތަމަ މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ވ. އަތޮޅުން ގދ. އަތޮޅާއި ދެމެދުގެ ރަށްތަކަށް މިއަދު ހަވީރު 17:00 އިން މިރޭ 22:00 އާހަމައަށެވެ. މެޓް އޮފީހުން ބުނެފައިވަނީ އެ ވަގުތުގައި ބޯކޮށް ވާރޭވެހުމާއިއެކު ގުގުރުން އެކަށީގެންވާ ކަމަށާއި ވިލާގަނޑުގައި ގަނޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށެވެ. 

މެޓް އޮފީހުން 24 ގަނޑިއިރަށް ރާއްްޖޭގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު، މެދުރާއްޖެތެރެއާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެކަމަށާއި މީގެ ތެރެއިން މަދު ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާކަމަށެވެ. އުތުރުގެ މަދު ރަށްތަކަކަށް މިރޭ ކެރީގެ އަސަރު ފޯރިނަމަވެސް، އެއަތޮޅުތަކުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް މެޓް އޮފިހުން މައުލޫމާތު ދެއެވެ.

ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، ހުރިހާ ހިސާބަކަށް ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެން ވާކަމަށް މެޓް އޮފީހުން ބުނެއެވެ.

މެޓް އިން ބުނީ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށެވެ. އަދި ރާޅުގެ އުސްމިނުގައި ދެ ފުޓާއި ހަތަރު ފޫޓު ހުންނާނެކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.

މެޓް އޮފީހުން ވަނީ މެދުރާއްޖެތެރެއާއި ދެކުނުގެ ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭތީވެ، ހުރިހާ ފަރާތްތަކަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް