ads
ފޮޓޯ: ރައީސް އޮފީސް
ފަރުވާ ކުޑަކޮށްފިނަމަ ކޭސްތައް އިތުރުވެދާނެ: ނައިބް ރައީސް
ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް މިހާރު ދަށް ކުރެވިފައި އޮތް ނަމަވެސް ފަރުވާ ކުޑަކޮށްފިނަމަ ކޭސްތައް އިތުރުވެދާނެ ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެެވެ.

"ކޯވިޑް ހުއްޓުވާނީ އަހަރެން" ގެ ނަމުގައި މީޑީއާތަކުން އިސްނަގައިގެން ކުރިއަށްގެންދާ ކެމްޕޭންގައި ހަރަކާތްތެރިވާ މީޑިއާތަކުގެ މަންދޫބުންނާއި ބައްދަލުކުރައްވައި، އެ ބޭފުޅުންގެ މަސައްކަތްތަކަށް މިއަދު ނައިބް ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

މިއަދު މެންދުރުފަހު ދަރުބާރުގޭގައި ބޭއްވި އެ ބައްދަލުވުމުގައި ފައިސަލް ނަސީމް ވަނީ، "ކޮވިޑް ހުއްޓުވާނީ އަހަރެން" ކެމްޕޭންގެ ދަށުން މީޑިއާތަކުން ކުރިއަށްގެންދާ މަސައްކަތްތަކުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އަދި ސިއްހީ މާހިރުންގެ އެންގުންތަކާއި އިރުޝާދުތަކުގެ މައުލޫމާތު ވަގުތުން ވަގުތަށް ރައްޔިތުންނަށް ފޯރުކޮށްދީ، މި ބައްޔާއި މެދު ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމަށް މީޑިއާތަކުން ކުރަމުންދާ ބުރަ މަސައްކަތްތަކަށް އެމަނިކުފާނު ފާހަގަކުރައްވަ އެވެ. 

އޭގެ އިތުރުން ކޮވިޑް-19 ފެތުރުން ކުރިއަށްވުރެ މަދުވެފައިވާކަން ފާހަގަކުރައްވައި، މި ކަމުގައި މީޑިއާތަކުން އަދާކުރަމުންދާ ދައުރަށް އެމަނިކިފާނު ޝުކުރު އަދާކުރައްވަ އެވެ، އަދި، އެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވަމުން ދިޔަ ނަމަވެސް، ފަރުވާ ކުޑަ ކުރެވިއްޖެ ނަމަ، އެ އަދަދުތައް އަލުން ގިނަވެދާނެކަން ހަނދާންކޮށް، އެކަން އެ ގޮތަށް ވިޔަ ނުދިނުމަށް މަސައްކަތްކުރުމަށް ބައްދަލުވުމުގެ ބައިވެރިންގެ ކިބައިން ނައިބު ރައީސް އެދިވަޑައިގަންނަވަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް