ads
ލ. ފޮނަދޫގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ-- ފޮޓޯ: އެމްޓީސީސީ
ލ. ފޮނަދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މި މަހު ފަށާނެ: އެމްޓީސީސީ
ލ. ފޮނަދޫގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މި ހިނގާ އޮކްޓޯބަރު މަހުގެ ތެރޭގައި ފަށާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން ވަނީ އެ މަސައްކަތަށް ބޭނުންވާ އެސްފޯލްޓް މިދިޔަ އޯގަސްޓް މަހުގެ 13 ވަނަ ދުވަހު ފޮނަދޫއަށް ގެންގޮސްފަ އެވެ. މިހާރު ކުރިއަށް ދަނީ މަގުގެ އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތެވެ. 

އެމްޓީސީސީން ބުނެފައި ވަނީ މި މަޝްރޫއުގެ ދަށުން ދިގު މިނުގައި 3.5 ކިލޯމީޓަރު ހުންނަ 12 މަގު ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީ ކުރާނެ ކަމަށެވެ.

އޭގެ އިތުރުން މަގުތަކުގައި ފެން ހިންދާ ނިޒާމް ގާއިމްކޮށް، ސްޕީޑް ބްރޭކަރު ހަރުކޮށް، މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނޭ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. 

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޖުމްލަ 25.5 މިލިއަން ރުފިޔާ އަށެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ޖޫން 2019 ގައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް