ads
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް--
އައްޑޫގެ ޒުވާނުން މަސްތުވާތަކެތިން ދުރުކޮށް ހަރުދަނާ ބަޔަކަށް ހަދަން ޖެހޭ: ރޮޒެއިނާ
އައްޑޫ ސިޓީގެ ޒުވާނުން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކޮށް ހަރުދަނާ ބަޔަކަށް ހެދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީން އިއްޔެ އަތުލައިގެތް 80 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން ރޮޒެއިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އައްޑޫގެ ޒުވާނުން މަސްތުވާތަކެތިން ދުރުކޮށް ހަރުދަނާ ބަޔަކަށް ހަދަން އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. 

އިއްޔެ ކަނޑުމަގުން ރާއްޖެ އެތެރެކުރަން މަސައްކަތް ކުރި 80 ކިލޯގެ މަސްތުވާތަކެއްޗާއެކު އައްޑޫއިން ވަނީ ބަޔަކު ހައްޔަރުކޮށްފަ އެވެ. ނަމަވެސް އަދި އެކަމާ ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. 

ރޮޒެއިނާ ވަނީ ހައްލެއް ލިބެންދެން މިފަދަ އޮޕަރޭޝަންތައް ކުރިއަށް ގެންގޮސް ޑްރަގް ވިޔަފާރި ހުއްޓުމަކަށް ގެނެސްދިނުމަށް ގޮވާލައްވާފަ އެވެ. 

ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓާއި މެރިން ޕޮލިސް އަދި ސައުތް ޑިވިޝަން ގުޅިގެން ކުރިއަށްގެންދާ މި އޮޕަރޭޝަންގައި އަތުލައިގެންފައި ވަނީ އިންޓަނޭޝަނަލް ޑްރަގް ނެޓްވޯކެއް ކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. 

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ މިކަމުގެ އިތުރު ތަހުގީގުތައް ކުރިއަށް ގެންދާނީ ބައިނަލްއަގްވާމީ އިދާރާތަކާ ގުޅިގެން ކަމަށެވެ. 

މިއީ މިފަހުން ފުލުހުން މިހާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އެއްފަހަރާ އަތުލައިގަތް ފުރަތަމަ ފަހަރެވެ. ފުލުހުން ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހު ކަނޑުމަގުން ރާއްޖެ އެތެރެކުރަން މަސައްކަތް ކުރި 149 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް