ads
މިނިސްޓާ އިމްރާން އަބްދުﷲ - ފޮޓޯ ހޯމް މިނިސްޓްރީ
ޑްރަގް ވިޔަފާރިކުރާ މީހުންނަށް މިސަރުކާރުން ސިޔާސީ ހިމާޔަތެއް ނުދޭނެ: މިނިސްޓަރު އިމްރާން
މަސްތުވާތަކެތީގެ ސަޕްލައި މަދުކުރެވެނީ މިސަރުކާރުން ޑްރަގް ވިޔަފާރިކުރާ މީހުންނަށް ސިޔާސީ ހިމާޔަތް ނުދޭތީކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ކަނޑުމަގުން އެތެރެކުރަން މަސައްކަތް ކުރަމުން ދަނިކޮށް އިއްޔެ އައްޑޫސިޓީން އަތުލައިގަތް މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކާއި ގުޅޭގޮތުން މިނިސްޓަރު އިމްރާން ވިދާޅުވީ، ޑްރަގް ސަޕްލައި މަދުކުރުމަށް ކުރާ މަސައްކަތް ކާމިޔާބު ކުރެވެނީ މިސަރުކާރުން މަސްތުބާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ސިޔާސީ ހިމާޔަތް ނުދޭތީކަމަށެވެ. އަދި 88 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތީ ދިވެހި ފުލުހުންގެ އެކި ފަންނުތަކުގެ، ހާއްސަކޮށް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓުގެ ހުނަރާއި ގާބިލުކަން ބޭނުންކޮށްގެން ކަމަށެވެ. 

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީއިރު އިދިކޮޅު ފަރާތްތަކުން އަންނަނީ، އިއްޔެ އަތުލައިގެތް ޑްރަގް ނެޓްވޯކުގެ އިސް ފަރާތެއް މިސަރުކާރު އައިފަހުންވެސް ހައްޔަރުކޮށްފައިވާކަމަށާއި، ނަމަވެސް ފަހުން އެމްޑީޕީގެ ކެމްޕެއިންތަކުން ފެނުނު ކަމަށް ތުހުމަތުކުރަމުންނެވެ. ނަމަވެސް މިމައްސަލައިގެ އިތުރު މައުލޫމާތެއް، ނުވަތަ މައްސަލައާއި ގުޅިގެން ހައްޔަރުކުރި ފަރާތްތަކުގެ ފުރިހަމަ މައުލޫމާތު އަދި ފުލުހުން ހާމަކޮށްފައެއްނުވެއެވެ.

މިމައްސަލާގައި ކޮމިޝަނާއޮފް ޕޮލިސް މުޙައްމަދު ހަމީދުވަނީ، މައްސަލައިގެ އިތުުރު ތަހުގީގުތަށް ކުރިއަށްގެންދާނީ ބައިނަލްއަގްވާމީ އިދާރާތަކާއި ގުޅިގެންކަން ހާމަކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް