ads
މިނިސްޓަރު މަހުލޫފް މުލްހަމް އާއިއެކު--
މުލްހަމްއަށް ވޯލްޑް ރިކޯޑް ފޮތުން ޖާގަހޯދައިދޭން މަސައްކަތްކުރާނަން: މަހުލޫފް
މީގެ ދެމަހެއްހާ ދުވަސް ކުރިން އެއް ގަޑިއިރާއި 30 މިނެޓު ވަންދެން ޕްލޭންކް ހެދި އުމުރުން އަށް އަހަރުގެ ދިވެހި ކުއްޖެއް ކަމަށްވާ އިސްމާއިލް މުލްހަމް އާޒިމްއަށް ގިނިސް ވޯލްޑް ރިކޯޓް ފޮތުން ޖާގަހޯދައިދޭން މަސައްކަތް ކުރާނެކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަހުލޫފްވަނީ މިއަދު ޔޫތު މިނިސްޓަރީގައި މުލްހަމް އާއި ބައްދަލުކޮފައެވެ. އިމާދުއްދީން ސްކޫލުގެ ގްރޭޑް ތިނެއް ގައި ކިޔަވަމުންދާ މުލްހަލް ގިނަބައެއްގެ ސަމާލުކަން ހޯދީ ދޮޅުގަޑީރު ވަންދެން ޕްލޭންކް ހަދައިގެންނެވެ. 

އަތުގެ މުލައްދަނޑިއާއި ފައިގެ އިނގިލިތަކުގެ ބާރުގައި، ހަށިހަނޑުގެ އިތުރު އެއްވެސް ތަނެއް ބިމުގައި މުޖައްސައި ބަންޑުން އޮވެގެން ދޮޅުގަޑީރު މުލްހަމް ހަމަކުރިއިރު މިއީ ދުނިޔޭގެ ރެކޯޑަކަށްވުން ގާތެވެ. އެއީ އެންމެ ގިނަ ވަގުތު ޕްލޭންކް ހެދުމުގެ ޖޫނިއާ ރިކޯޑެވެ.  

މިހާތަނަށް ކުޑަ ކުއްޖަކު އެންމެ ގިނަ ވަގުތު ޕްލޭންކް ހަދާފައިވަނީ، އެއް ގަޑިއިރާއި 20 މިނެޓު ވަންދެން، އުމުރުން 16 އަހަރުގެ އަންހެން ކުއްޖެކެވެ. މުލްހަމްގެ އުމުރަކީ 8 އަހަރެވެ. 

އެވްރެޖްގޮތެއްގައި ޕްރޮފެޝަނަލް އެތްލީޓުން ޕްލޭންކުގައި އެންމެ ގިނަވަގުތު އޮންނަނީ ގާތްގަނޑަކަށް ފަސް މިނެޓާއި ހަތަރު މިނެޓުގެ ދިގުމިނަކަށެވެ. ޕްލޭންކްގެ ދުނިޔޭގެ ރެކޯޑަކީ އަށް ގަޑީރާއި 15 މިނެޓެވެ. 

މުލްހަމް އާއިއެކު މިއަދު ޔޫތު މިނިސްޓްރީގައި ބައްދަލުކުރުމަށްފަހު މިނިސްޓަރު މަހުލޫފް ވިދާޅުވީ، ގިނީސް ވޯލްޑް ރެކޯޑްގެ އެންމެ ގިނަ ވަގުތު ޕްލޭންކް ހެދުމުގެ ޖޫނިއާ ރެކޯޑް މުލްހަމްއަށް ހޯދައިދޭން މަސައްކަތް ކުރައްވާނެކަމަށެވެ. 

މުލްހަމް ދޮޅުގަޑީރު ވަންދެން ޕްލޭންކް ހެދުމާއިއެކު ގިނަބައެއްގެ ތައުރީފު އޭނާއަށް ވަނީ ލިބިފައެވެ. އަދި މީގެކުރިން މޯލްޑިވްސް އޮލީމްޕިކް ކޮމިޓީގެ ޖެނެރަލް ސެކެޓްރީ އަހުމަދު މަރުޒޫގްވެސް ވަނީ އޭނާއަށް ތައުރީފުކޮށް ގިނަބައެއްގެ ސަމާލުމަކަށް މިކަން ގެނެސްފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް