ads
މީގެ ކުރިން މެލޭޝިއާއަށް ފުރި ދިވެހި ކިޔަވާކުދިންތަކެއް-- ފޮޓޯ: މުހައްމަދު ފިރާގު--
އެހެން ގައުމުތަކުގެ ދަރިވަރުންނަށް މެލޭޝިއާއަށް މިއަހަރު ދެން ނުދެވޭނެކަމަށް އެގައުމުން ބުނެފި
މެލޭޝިއާގައި ތައުލީމު ހާސިލްކުރާ އެހެން ގައުމުތަކުގެ ދަރިވަރުންނަށް މިއަހަރު ދެން އެގައުމަށް ނުދެވޭނެކަމަށް މެލޭޝިއާގެ އިމިގްރޭޝަނުން އަންގައިފިއެވެ.

މެލޭޝިއާގައި މިހާރު ތައުލީމު ހާސިލްކުރަމުން އަންނަ އެހެންގައުމުތަކުގެ ދަރިވަނުންނާނީ، އަދި އެގައުމުގެ ކޮލެޖުތަކަށް އަލަށް ވަންނަން ހަމަޖެހިފައިވާ ދަރިވަރުންނަށްވެސް ދެން އެގައުމުށް އެތެރެވުމުގެ ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު 31 ގެ ފަހުންނެނެވެ. 

މެލޭޝިއާގެ އިމިގްރޭޝަނުން މިގޮތަށް ނިންމީ އެގައުމުގެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ނިންމި ނިންމުމަކާއި ގުޅިގެންނެވެ. އެމިނިސްޓްރީން ވަނީ އެގައުމުގެ ކޮލެޖުތަކުގެ އޮކްޓޫބަރު އިންޓޭކަށް ކުދިން ނެގުން، ނުވަތަ ރެޖިސްޓްރޭޝަން ފަސްކުރުމަށް އަންގާފައެވެ. 

މިބަދަލާއިއެކު މެލޭޝިއާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާއި، ރާއްޖެއިން މުޅިން އަލަށް އެގައުމަށް ކިޔަވަން ދާން ހަމަޖެހިފައިވާ ދަރިވަރުންނަށްވެސް ދެން އެގައުމަށް އެތެރެވެވޭނީ އަންނަ އަހަރުއެވެ. 

ކޯވިޑް-19 އާއި ގުޅިގެން މެލޭޝިއާގެ ސްކޫލުތަކާއި ކޮލެޖުތަށް ވަގުތީގޮތުން ބަންދު ކުރުމާއިއެކު ގިނަ އަދަދެއްގެ ދިވެހި ދަރިވަރުންވެސް ވަނީ އެނބުރި ރާއްޖެ އައިސްފައެވެ. ނަމަވެސް ދާދިފަހުން އެގައުމުގައި ތައުލީމު ހާސިލްކުރަމުން އަންނަ 120 ދަރިވަރަކު ވަނީ އަނބުރާ އެގައުމަށް ގޮސްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް