ads
ހަގު އަނބިކަނބަލުން ރާނިޔާ އަހްމަދު އާއިއެކު---ފޮޓޯ: ސޯޝަލް މީޑިއާ
އަނބިކަނބަލުން ރާނިޔާއާ ގުޅޭގޮތުން ދައްކަނީ ދޮގު ވާހަކަތަކެއް: ގާސިމް
ހަގު އަނބިކަބަލުން ބަދުނާމުވާގޮތަށް ދައްކަވާ ވާހަކަތައް ކުށްވެރިކުރައްވާ އެކަމަނާގެ ދިފާއުގައި ފިރިކަލުން ގާސިމް އިބްރާހިމް ނިކުމެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ވަނީ މިދިޔަ ބުދަ ދުވަހު އިތުރު ކައިވެންޏެއްކުރައްވާފަ އެވެ. މިިފަހަރު ކައިވެނި ބައްލަވައިގެންފައި ވަނީ އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އދ. މާމިގިއްޔަށް ނިސްބަތްވާ ރާނިޔާ އަހްމަދުއާ އެވެ.

އުމުރުފުޅުން 71 އަހަރުގެ ގާސިމް ރާނިޔާއާ ކައިވެނި ބައްލަވައިގެން ފަހުން، ރާނިޔާ ކަމަށް ބުނެ، ޝޯޝަލް މީޑިއާގައި ސްކްރީންޝޮޓްތަކާއި ފޮޓޯތަކެއް ބޭނުންކޮށްގެން އަނބިކަނބަލުން ބަނދުނާމުވާގޮތައް ބައެއް ފަރާތްތަކުން ވާހަކަދައްކަމުންދާތީ ގާސިމް ވަނީ އެކަން ކުށްވެރިކޮށް ޓްވީޓް ކުރައްވާފަ އެވެ.

" ގާސިމް ރާނިޔާ އާއި އިނުމުން ރާނިޔާއާއި ގާސިމްގެ އަގުވައްޓާލުމަށް މީޑިއާގައި ހަގީގަތެއްނެތް ދޮގު ވާހަދައްކަމުންދާތީ އެކަން ހަރުކަށި އިބާރާތުން ކުއްވެރިކުރަން،" ގަސިމްގެ ޓްވީޓްގައި ވިދާޅުވެ އެވެ.

ގާސިމް ވިދާޅުވީ އެކަމަކީ މީގެ ތިން އަހަރެއްހާ ދުވަސްކުރިން ރާނިޔާގެ ފޭސްބުކް އެކައުންޓް ހެކްކުރި މީހުން އުފައްދައިގެން އުޅޭ ލިޔުމާއި ފޮޓޯއެއް ކަމަށެވެ. އަދި އެކަން އޭރުވެސް ފުލުހުންނަށްވެސް އެނގޭނެކަމަށާއި އެއީ ރާނިޔާ ބްލެކްމެއިލް ކުރަން ކުރިކަމެއް ކަމަށެވެ.

" އެކަމަކީ މީގެ ތިން އަހަރެއްހާ ދުވަސްކުރިން ރާނިޔާގެ އެފްބީ އެކައުންޓް ހެކްކުރިމީހުން އުފައްދާއިގެން އުޅޭ ލިޔުމާއި ފޮޓޯއެއް އެއީ. އަދި އެކަން އޭރުވެސް ފުލުހުންނަށްވެސް އެގިވަޑައިގަންނަވާނެ. އެއީ ރާނިޔާ ބްލެކްމެއިލް ކުރަން ކުރިކަމެއް. އެކަމަކު އެކަންވެސް ކާމިޔާބެއް ނުކުރެވުނު. އިންޝާﷲ" ގާސިމް ވިދާޅުވެ އެވެ.
 

އާ ކައިވެންޏެއް ކުރެއްވިއިރު އެ ކައިވެނި ކުރެއްވީ ގާސިމްގެ އެންމެ ހަގު އަނބިކަނބަލުންގެ ގޮތުގައި އޭރު އިންނެވި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވަރި ކުރައްވާފައިކަމަށްވެސް އޭރު އަޑުތައް ފެތުރުނެވެ. އެހެންމަނަވެސް އިތުރު ކައިވެންޏެއް ކުރެއްވީ ނަހްލާގެ ރުހުމުގައިކަން ފަހުން އެނގިފައިވެއެވެ. 

ނަހުލާ އާއި އެހެން އަނބިކަނބަލުންނަށް ވެސް ގާސިމްގެ ބޭފުޅުން ތިއްބަވަ އެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް