ads
ލިވަޕޫލްގެ ކޯޗު ކްލޮޕް--
އެސްޓަންވިލާ އަތުން ލިވަޕޫލަށް ހިތްދަތި ނިމުމެއް
ޕްރިމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ އެސްޓަން ވިލާއިން ޑިފެންޑިން ޗެމްޕިއަން ލިވަޕޫލް ބޮޑު ބައްޔަކުން ބަލިކޮށްލައިފި އެވެ. އެސްޓަންވިލާއާ ލިވަޕޫލުގެ މެޗުން ލިވަޕޫލް ބަލިވީ ހަތް ލަނޑު ދެ ލަނޑުގެ ބޮޑު ތަފާތަކުންނެވެ.

މިއީ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕްގެ ކެރިއަރުގެވެސް އެންމެ ބޮޑު ބައްޔެވެ. އާދިއްތަ ދުވަހުގެ ރޭ ކުޅުނު މި މެޗުގައި ވިލާއިން ފުރަތަމަ ލަނޑު ޖެހީ މެޗުގެ ވަރަށް ކުރީކޮޅުއެވެ. ފުރަތަމަ ހާފުގެ ތެރޭގައި ލިވަޕޫލުގެ ސަލާހުވެސް ލަނޑެއް ޖެއްސެވެ. އެކަމަކު އަނެއްކާވެސް ވިލާއިން ލަނޑު ޖަހައި ފުރަތަމަ ހާފު ނިމުމުގެ ކުރިން ހަތަރެއް އެކަކަށް ނަތީޖާ ބަދަލުކުރިއެވެ.

ދެނަ ހާފުގައިވެސް ވިލާއިން އިތުރު ދެ ލަނޑު ޖަހައި، ޖުމްލަ އެކު ހަތް ލަނޑުން ލިވަޕޫލް ލަދު ގަންނަވާލީއެވެ. އާ ސީޒަންގައި ކުޅުނު ތިން މެޗުންވެސް ވިލާ އަދި އޮތީ މޮޅު ވެފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް