ads
ތިނަދޫގައި ގާއިމުކުރާ ކޮވިޑް ފެސިލިޓީ-- ފޮޓޯ: އެމްޓީސީސީ
ތިނަދޫ ކޮވިޑް ފެސިލިޓީގެ 45 އިންސައްތަ މަސައްކަތް ނިންމާލައިފި
ގދ. ތިނަދޫގައި ގާއިމު ކުރާ ކޮވިޑް ފެސިލިޓީގެ 45 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، (އެމްޓީސީސީ) އިން ބުނެފި އެވެ.

ކޮވިޑް ފެސިލިޓީ އިމާރާތުގެ މަސައްކަތް ކުރިޔަށްދާ ގޮތް ބައްލަވާލެއްވުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އަދި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ޕްރޮޖެކްޓް ސައިޓަށް މިއަދު ޒިޔާރާތްކުރައްވާފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން ކުރެވޭ މަސައްކަތުގެ 45 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި އެ މަސައްކަތުގެ ދަށުން ފެސިލިޓީގައި އިންޓެންސިވް ކެއާ ޔުނިޓެއް ގާއިމުކުރެވޭނެ ކަމަށް ވެސް އެމްޓީސީސީން މައުލޫމާތު ދީފައި ވެއެވެ.

ތިނަދޫގައި ގާއިމުކުރަނީ 22 އެނދުގެ ކޮވިޑް ފެސިލިޓީ އެކެވެ. އެ މަސައްކަތް އެމްޓީސީސީން ފަށާފައި ވަނީ 25 ސެޕްޓެމްބަރުގަ އެވެ. އެ މަޝްރޫއު ނިންމާލެވޭނެ ކަމަށް ލަފާކޮށްފައި ވަނީ މި މަހުގެ 14 ވަަނަ ދުވަހަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް