ads
މިނިސްޓަރު އަސްލަމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އެއްވެސް މަޝްރޫއެއް ހުއްޓާލުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް: މިނިސްޓަރު އަސްލަމް
ރާއްޖޭގެ ރަށްރަށުގައި ކުރިއަށް ގެންދާ އެއްވެސް މަޝްރޫއުއެއް ހުއްޓާލުމުގެ ވިސްނުން ސަރުކާރުގައި ނެތް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަސްލަމް މިފަދައިން ވިދާޅުވީ މިއަދު މަޖިލީހުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.  

އެގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ސަރުކާރުން އެއްވެސް މަޝްރޫއުއެއް ހުއްޓާލުމުގެ ވިސްނުން ނުގެންގުޅޭ ކަމަށެވެ. އަދި މި ސަރުކާރަށް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެކަމަށް ގަބޫލުކުރާ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ. 

މިނިސްޓަރު އަސްލަމް ވިދާޅުވީ މިހާރު ކުރިއަށްދާ ޕްރޮޖެކްޓްތައް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށެވެ. ދެން ހުރި މަޝްރޫއުތައް ކޮންމެވެސް ވަރަކަށް މަޑުޖެހިފައިވާ ކަމަށާއި އެކަން އެގޮތަށް ދިމާވެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

މީގެ އިތުރުންވެސް މިނިސްޓަރު އަސްލަމް ވިދާޅުވީ އެއްވެސް ރަށެއް އިސްކޮށްގެން މަޝްރޫއު ކުރިއަށް ގެންދަނީ ނޫން ކަމަށާއި، އާ މަޝްރޫއުތައް މަޑުޖެހިފައިވަނީ ކޮވިޑާއި ގުޅިގެން ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް