ސުޝާންތުގެ ލޯބިވެރިޔާ އަދި އެކްޓަރު ރިއާ ޗަކްރަބަތީ ހައްޔަރުކޮށްފައި ވާއިރު، ރިއާގެ ބޭބެ ޝޯވިކް، ސުޝާންތުގެ ގޭގައި މަސައްކަތް ކުރާ ސެމުއެލް މިރާންޑާ އަދި ދިޕޭޝް ސާވަންތު ވެސް ހުރީ ހައްޔަރުކޮށްފަ އެވެ.
އޭގެ އިތުރުން ބޮލީވުޑުގެ ގިނަ ތަރިންތަކެއް ހާޒިރުކޮށް ވަނީ ސުވާލުކޮށްފަ އެވެ. އޭގެ ތެރޭގައި ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ދީޕިކާ ޕަޑުކޯން ހިމެނެ އެވެ.
ރިޕޯޓުތައް ބުނާ ގޮތުން ދީޕިކާއާ ސުވާލުކުރުމަށް އެންސީބީގައި މަސައްކަތް ކުރި ޑެޕިއުޓީ ޑިރެކްޓަރު ކޭޕީއެސް މަޅޯތްރާ އަށް މިވަނީ ކޮވިޑް-19 ޖެހިފަ އެވެ.
އޭނާގެ އިތުރުން އެންސީބީގެ އިތުރު އޮފިޝަލަކު ވެސް ޕޮޒިޓިވްވެފައިވާ ކަމަށް ވެއެވެ. އެ ޓީމުގެ ތަހުގީގަށް ދީޕިކާގެ އިތުރުން ކަރިޝްމާ ޕްރަކާޝް، ސާރާ އަލީ ހާން، ޝްރައްދާ ކަޕޫރު އަދި ރާކުލް ޕްރީތް ސިންގް ވެސް ހާޒިރުވެފައި ވެއެވެ.