ads
އެސްޑީއެފްސީ--
ވިޔަފާރިތަކަށް މިހާތަނަށް 298 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި
ކޮވިޑް-19 އާ ގުޅިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މިހާތަނަށް 298.9 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

ފިނޭސް މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސްހިސާބްތަކަށް ބަލާއިރު އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ރިކަވަރީ ލޯނު ސްކީމުގެ ދަށުން މިހާތަނަށް ވަނީ 298.9 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފަ އެވެ. 

އެގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން ޖުމުލަ 1،807 މީހަކަށް އެ ސްކީމްގެ ދަށުން ލޯން ދޫކޮށްފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ އަމިއްލަ މަސައްކަތް ކުރާ 557 ފަރާތަށް ލޯނުގެ ގޮތުުގައި ދޫކޮށްފައިވާ 16.7 މިލިއަން ރުފިޔާ އާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރާ 1,250 ފަރާތަކަށް ދޫކޮށްފައިވާ 282.2 މިލިއަން ރުފިޔާ އެވެ.

ލޯނަށް އެދި 3,604 ފަރާތަކުން މިހާތަނަށް ހުށަހަޅާފައި ވެއެވެ. އެއީ އަމިއްލަ މަސައްކަތް ކުރާ 1,768 ފަރާތަކާއި 1,836 ވިޔަފާރި ކަމަށް ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

އެ ފޯމްތަކުގެ ތެރެއިން 1,977 ފޯމެއް ބަލައިގަނެފައި ވާއިރު، 591 ފޯމު ވަނީ ރިޖެކްޓްކޮށްފަ އެވެ. އެގޮތުން އަމިއްލަ މަސައްކަތް ކުރާ 604 ފަރާތަކާއި 1373 ވިޔަފާރިއަކުން ލޯނަށް ހުށަހަޅާފައިވާ ފޯމް ބަލައިގަނެފައި ވާއިރު އަމިއްލަ މަސައްކަތް ކުރާ 528 ފަރާތަކާއި 63 ވިޔަފާރިއަކުން ލޯނަށް ހުށަހަޅާފައިވާ ފޯމް ރިޖެކްޓްކޮށްފައި ވެއެވެ. 

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށާއި، އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ދިމާވި މާލީ ގޮންޖެހުންތަކުން އަރައި ގަތުމަށް ސަރުކާރުން ދޫކުރާ ރިކަވަރީ ލޯންތަކަކީ އެސްއެމްއީ ޑިވަލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ދޫކުރާ ލޯންތަކެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް