ads
ލަންޑަނުގެ ސަރަހައްދެއްގައި ރާއްޖޭގެ ޕޯސްޓަރެއް-- ފޮޓޯ: އެމްއެމްޕީއާރްސީ
ލަންޑަނުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ކެމްޕޭނެއް ފަށައިފި
ކޮވިޑް-19 އާ ގުޅިގެން އައިސްފައިވާ ނިއު ނޯމަލްގައި ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ލަންޑަންގައި އައުޓްޑޯ ކެމްޕޭނެއް ފަށައިފި އެވެ.

ދެ މަސް ދުވަހުގެ މި ކެމްޕޭނުގައި ލަންޑަނުގައި މީހުން ގިނަ ހިސާބުތަކުގައި ރާއްޖެ އިޝްތިހާރު ކުރާނެ އެވެ. އޭގެ ތެރޭގައި ޖެންސިންޓަން ރޯޑް ސައިޑާއި ވޯޓާލޫ ސްޓޭޝަނާއި ވެސްޓް ފީލްޑް ލަންޑަން މޯލާއި ލިވަޕޫލް ސްޓްރީޓް ސްޓޭޝަނާއި ކެނަން ސްޓްރީޓް ސްޓޭޝަނުގެ އިތުރުން ފެންޗާޗް ސްޓްރީޓް ސްޓޭޝަން ހިމެނެ އެވެ.

އެމްއެމްޕީއާރްސީން ބުނީ މި ކެމްޕޭނުގެ ބޭނުމަކީ ރާއްޖެއަކީ ފަތުރުވެރިންނަށް "ސޭފް ހޭވަން" އެއްގެ ގޮތުގައި އިޝްތިހާރު ކުރުން ކަމަށެވެ. ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައި އޮންނަނީ ވަކި ރައްތަކެއްގެ މައްޗަށް ކަމަށް ވުމުން އެހެން މަންޒިލްތަކަށް ވުރެ ރާއްޖޭގެ ރައްކާތެރިކަން ބޮޑުކަން އެންގުން ވެސް މި ކެމްޕޭނުގެ މަގްސަދުގެ ތެރޭގައި ހިމެނެ އެވެ. 

ކޮވިޑް-19 އާ ގުޅިގެން ލޮކްޑައުނަށް ފަހު ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް އިނގިރޭސިވިލާތުން 1،587 ފަތުރުވެރިން އައިސްފައި ވެއެވެ. ފިނި މޫސުމަށް ހާއްސަކޮށް ލަންޑަނާއި މާލެއާ ދެމެދު ކުރާ ސީދާ ދަތުރުތައް މި މަހު ފަށަން ބްރިޓިޝް އެއާވޭޒް އިން ވަނީ ނިންމާފަ އެވެ.

އެއާއެކު މި އަހަރުގެ ކުރިއަށް އޮތް ތަނުގައި އިނގިރޭސިވިލާތުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ވާނެ ކަމަށް ބެލެވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް