ads
ގަތަރު އެއާވޭސްގެ ފްލައިޓެއް--
ގަތަރު އެއާވޭސްއިން ޓީޗަރުންނަށް ހިލޭ 21،000 ޓިކެޓު
ކޮވިޑް-19 ބަލިމަޑުކަމިގެ ތެރޭގައި ވެސް ޓީޗަރުން އަދާ ކުރަމުންދާ ރޯލު ފާހަގަކުރުމަށް ގަތަރު އެއާވޭސް އިން 21،000 ޓިކެޓު ހިލޭ ޓީޗަރުންނަށް ދިނުމަށް ނިންމައިފި އެވެ.

ހިލޭ ޓިކެޓު ބޭނުންވާ ޓީޗަރުންނަށް މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ގަތަރު އެއާވޭސްގެ ވެބްސައިޓު މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ. 

އެ އެއާވޭސް އިން ބުނީ ޓިކެޓް ލިބޭނީ އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރާ 21،000 ޓީޗަރުންނަށް ކަމަށެވެ. އެ އެއާލައިނުން ދަތުރު ކުރާ 75 ގައުމުގެ ޓީޗަރުންނަށް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.

ގަތަރު އެއާވޭސް އިން ދަނީ ރާއްޖެއަށް ވެސް ދަތުރު ކުރަމުންނެވެ. އެހެންކަމުން މި ޕްރޮމޯޝަނުގައި ރާއްޖޭގެ ޓީޗަރުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު އެބަ އޮތެވެ. 

ރަޖިސްޓްރީ ކުރާ ފުރަތަމަ 21 ޓީޗަރުންނަށް ލިބިގެން ދާނީ ގަތަރު އެއާވޭސް އިން ދަތުރު ކުރާ 90 މަންޒިލުގެ ތެރެއިން ކޮންމެވެސް އެއް ތަނަކަށް ދެކޮޅު ޓިކެޓެވެ.

އަންނަ އަހަރުގެ ސެޕްޓެމްބަރު މަސސް ނިމުމުގެ ކުރިން ޓިކެޓް ބޭނުން ކުރަން ޖެހޭނެ އެވެ. އޭގެ އިތުރުން ޕްރޮމޯޝަނުގައި ރަޖިސްޓްރީ ކުރާ ޓީޗަރުންނަށް އިތުރު ޓިކެޓަކުން 50 ޕަސަންޓު ޑިސްކައުންޓު ވައުޗަރެއް ލިބޭނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް