ads
މިނިސްޓަރު އަސްލަމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ދޮޅުމަސް ފަހުން ކޮވިޑް ކޮންޓްރޯލް ކުރެވޭނެ ކަމަށް ބެލެވޭ: މިނިސްޓަރު އަސްލަމް
ދޮޅުމަސް ފަހުން ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލް ކުރެވޭނެ ކަމަސް ލަފާކުރެވޭ ކަމަށް ހެލްތް މިނިސްޓްރީ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި މިއަދު މެމްބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލް ކުރަން އެޅި ލޮކްޑައުން ފިޔަވަޅު އުވައިލި އިރު ރާއްޖޭގައި ކޮވިޑްގެ ރޭޓަކީ ކޮންމެ 100،000 އަކަށް 40 ކޭސް ކަމަށެވެ. އެހެން ނަމަވެސް މިހާރު އެ ނިސްބަތް ހުރީ 140 ގައި ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. 

މިނިސްޓަރު އަސްލަމް ވިދާޅުވީ މިއީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ކޮވިޑްގެ ހާލަތު ދެނެގަތުމަށް ގެންގުޅޭ މެޝާސްތަކުގެ ތެރެއިން އެއް މެޝާކަމަށެވެ. 

ކޮވިޑްގެ ކޭސްތައް މިހާރު އިތުރުވަމުން ނުދާކަން ފާހަގަކޮށް މިނިސްޓަރު އަސްލަމް ވިދާޅުވީ ކޮވިޑްގެ ރޭޓް ކޮންމެ 100،000 އަކަށް 40 އަށް ތިރިކުރުމަށް އަދި ދޮޅުމަސް ވަރު ނަގާނެ ކަމަށެވެ. އަދި އެ އަދަދަކީ ބަލި ކޮންޓްރޯލްކުރުމުގައި ބެންޗްމާކެއްގެ ގޮތުގައި ބަލާ އަދަދު ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް