ads
ޔުނާން އާއި އޭނާގެ އަންހެނުން--
ޔުނާންގެ ދެމަފިރިންގެ ބަންދަށް ހަތް ދުވަސް ޖަހައިފި
ކުޑަ ފިރިހެން ކުއްޖަކާއެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ފިލްމީތަރި މުހައްމަދު ޔުނާން އާއި އޭނާގެ އަނބިމީހާގެ ބަންދަށް ހަތް ދުވަސް ޖަހައިފި އެވެ.

ފުލުހުން ބުނީ އުމުރުން 29 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ އަންހެނެއްގެ ބަންދާ މެދު ގޮތް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް ހަތް ދުވަސް ދީފައިވާ ކަމަށެވެ. 

އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށް، ކޯޓުން ބަންދު މުއްދަތު ދީފައި ވަނީ ޔުނާންގެ ދެމަފިރިންނަށެވެ.  

ފުލުހުން އިއްޔެ ބުނެފައި ވަނީ ހުޅުމާލޭގައި އުމުުރުން 15 އަހަރުގެ ފިރިހެން ކުއްޖަކާއެކު އިތުރު ދެ މީހަކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ހޮނިހިރު ދުވަހު ހުށަހަޅާފައިވާ ކަމަށެވެ. 

އިއްޔެގެ ވަގުތެއްގައި ބަޔަކު މި މައްސަލައާ ގުޅިގެން ޔުނާންގެ ދެމަފިރިން ހުޅުމާލޭގައި ދިރިއުޅޭ އެޕާޓްމެންޓް ކައިރީގައި އަޑުއުފުލާފައި ވެސްވެ އެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް