ads
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ--
މުދައްރިސްކަމަކީ އެކަމުގެ އަސަރު އެތައް ޒަމާނަކަށް ދެމިގެންދާ ގަދަރުވެރި މަސައްކަތެއް: އައިޝަތު އަލީ
މުދައްރިސްކަމަކީ އެކަމުގެ އަސަރު އެތައް ޒަމާނަކަށް ދެމިގެންދާ ގަދަރުވެރި މަސައްކަތެއްކަމަށާއި ކޮންމެ މީހަކަށްވެސް އެމީހެއްގެ ފިކުރާއި ކުރިމަގު ބަދަލުކޮށްލި ކޮންމެވެސް އެއް މުދައްރިއްސަކާއި ބައްދަލުވެފައިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި އައިޝަތު އަލީ ދެއްވި ހިތުބޯގައި ވިދާޅުވީ ބައެއް ފަރާތްތައް ކުރިއަރާދިޔަ ސަބަބަކީ އެމީހުންނާއި ދިމާވި މުދައްރިސުން ކަމަށާއި ރަނގަޅު އެތައް މުދައްރިސުންގެ އަޅާލުންތެރިކަމުގެ ހިޔާދަށުގައި އެމީހުން ވީކަންކަމަށެވެ.

ކޮންމެ މީހަކަށްވެސް އެމީހެއްގެ ފިކުރާއި ކުރިމަގު ބަދަލުކޮށްލި ކޮންމެވެސް އެއް މުދައްރިއްސަކާއި ބައްދަލުވެފައިވާނެކަން ފާހަގަކުރައްވާ މިނިސްޓަރު ވިިދާޅުވީ މުދައްރިސްކަމަކީ އެކަމުގެ އަސަރު އެތައް ޒަމާނަކަށް ދެމިގެންދާ މަތިވެރި ގަދަރުވެރި މަސައްކަތެއްކަމަށެވެ.

މިނިސްޓަރު ވިދާޅުވީ "އެއިސްޓައިން" ގެ ބަހުންނަމަ އުނގަންނައި ދިނުމަކީ ކަންކަމުގެ ހަގީގަތް ދަސްކޮށްދިނުން ނޫންކަމަށާއި އެއީ ކަންކަމާއިމެދު ވިސްނަން އެނގޭ ސިކުނޑިއެއް ތަމްރީންކުރުން ކަމަށެވެ. އެފަދަ ސިކުނޑިތައް ތަމްރީން ކުރުމަށްޓަކައި މުދައްރިސުން ވަނީ އެތަކެއް ވަގުތެއް ދަރިވަރުންގެ ހައްގުގައި ގުރުބާން ކޮށްފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ ގުރުބާނީއަކީ އެކަމުގެ އަގު އަދާކުރަން ބޭނުންވިކަމުގައި ވިޔަސް ދޭ އުޖޫރައަކުން، އަދި ބުނެލާ ބަހަކުން ނުވަތަ ފާހަގަކުރާ ދުވަހަކުން އަގު އަދާކުރެވޭނެ ގުރުބާނީއެއް ނޫންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އާއްމު ހާލަތުގައި ފިލާވަޅެއް ތައްޔާރުކުރެއްވުމަށް މުދައްރިއްސަކު ކުރައްވާ މަސައްކަތާއި އެކަމަށް ހެދަވާ ވަގުތު ހުދު މުދައްރިއްސެއްގެ ހައިސިއްޔަތުން އެނގޭ ކަމަށާއި މިއަދު ކުރިމަތިވެފައި ވަނީ އާއްމު ހާއްލަތެއް ނޫންކަަމަށް މިނިސްޓަރު ވިދަޅުވި އެެވެ. އަދި ފުރަބަންދުގެ ތެރޭގައި މުދައްރިއްސުން އިސްނަންގަވާ ދަރިވަރުންނަށް ދެވޭ ފިލާވަޅުތައް އެއްވާނެއްގައި ފޯރުކޮށްދިނުމުގައި ދެމިތިއްބެވި ކަމަށެވެ. 

މިނިސްޓަރު ވިދާޅުވީ ޓީޗަރުން ދަނީ ސިއްހީ ކަރިސާއެއްގެ ހިރާސާއާއި ކުރިމަތިލަމުން، އަމިއްލަ އާއިލާއަށް ވަގުތުދެމުން، ދަރިވަރުންނަށް ވަގުތުދެމުން، ކުރިން ނުފަރިތަ މަންސަތަކަށް ފާގަތިވެ އެ ބޭނުންކުރުމަށް ތަމްރީން ހޯދައި ދަރިވަރުންނަށް އާ ފިލާވަޅުތައް ނަގާދެމުން ކަމަށެވެ. އެކަންކަމުން ދައްކުވާދެނީ މުދައްރިސުންގެ ފަހެލިކަމާއި އާކަންކަމަށް ފަރިތަވެގަންނަލެއް އަވަސްކަންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި މީގެ އިތުރުން ކޮވިޑްގެ ހާލަތުގައި ކްލާސްރޫމްގެ ހަަތަރުފާރުން ބޭރުވެ ގޭގެ މެދުގެޔަށް ކްލާސްތައް އައުމުން މުދައްރިސުން ކުރައްވާ ދުވަހީ މަސައްކަތްތަކަށް އިތުރު ގަދަރުދެވި މުދައްރިސުންނަށް ހިތުގައި ދެވެފައިވާ ލޯބި އެތައް ގުނައެއް އިތުރުވެއްޖެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

"ކެރުންތެރިކަމާއިއެކީ ޓެލިކްލާސްތަކުގައި ލަވާޔާއި ޅެން ކިޔާދީ، ގޫގަލް ކްލާސް ރޫމްތަކުގައި އެކިއެކި ކުޅިވަރުތަކާއި ކިޔަވާދިނުމުގެ އުކުޅުތަކުގެ ޒަރިއްޔާއިން ދަރިވަރުންގެ ސަމަލުކަން ހޯއްދަވާގޮތް ފެނިފައި އެކަމަށް ތައްޔާރުވުމަށް ކުރައްވާ ބުރަ މަސައްކަތްތަކަށް މުޖުތަމައުގެ އިހްތިރާމް ލިބިއްޖެ. އެންމެ ކުއްޖެއް ފިލާވަޅުގައި މަޝްއޫލްކުރުމަށްޓަކައި ކުރައްވަންޖެހޭ މަސައްކަތް ބެލެނިވެރިންނަށް ތަޖުރިބާކުރެއްވުމުން މުދައްރިއްސެއް ކުލާހުގައި ހުރިހާ ދަރިވަރުންގެ ސަމަލުކަން ހޯދެއްވުމަށް އެކުރައްވާ މަސައްކަތައް ޝަރަފްދެވިއްޖެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ގޮންޖެހުންތަށް އަދިވެސް ހުރީ ކުރިއަށްކަން ދެނެތިބެ ކާރިސާގެ އަސަރު ކުޑަކުރުމަށްޓަކައި ގެންގުޅުއްވާ އީޖާދީ ވިސްނުންފުޅުތަކުން ޓީޗަރުންގެ އިސްނެގުން ހާމަވާކަމަށާއި ދަރިވަރުންގެ ކިޔެވުން އާއްމު ހާލަތަކަށް ގެނެއުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ގިނަގުނަ ނަމަވެސް ކާރިސާއިން ލިބުނު އިބުރަތުން ފިލާވަޅު ލިބި މުދައްރިސުންގެ ހިތްވަރުން އަދި އީޖާދީ ވިސްނުންތަކުން މުސްތަގުބަލަށް ކުރުހާލަދެއްވި ތަސައްވަރުން އުންމީދުއާވާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް