ads
ފުލުހުންގެ މައި އިދާރާ--
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

އެ ތަކެއްޗަކީ ސެޕްޓެމްބަރ މަހުގެ 29 އިން އޮކްޓޯބަރު 04 އަށް މާލޭގެ އެކި ސަރަހައްދުތަކުން ވެރިއަކު ނެތިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެއްޗެވެ. 

އެގޮތުން، ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗާއި، ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތި ހިމެނެ އެވެ.

ވެރިއަކު ހޯދުމަށް ފުލުހުން މައުލޫމާތު އާންމުކޮށްފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ، ސެޕްޓެމްބަރ 29 ވަނަ ދުވަހު ވައްކަމުގެ ތުހުމަތުގައި ބަލައި ފާސްކުރި، ބިދޭސީން ދިރިއުޅޭ ގެއަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަޓްއޮފް އެއް (ބޮސްޓަ ބްރޭންޑް) އަދި އޮކްޓޯބަރު 01 ވަނަ ދުވަހު ވައްކަމުގެ ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައި ފާސްކުރި މީހެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބެޓެރި އިސްކުރު ޑްރައިވަރެއް (ޑީ ޒެޑް ޓީ ބްރޭންޑް) އަދި އޮކްޓޯބަރު 04 ވަނަ ދުވަހު މ. ކެލްވީނާ ކައިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އެލްމެނިއަމް ދިގު ހަރުގަނޑެކެވެ. 

މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި، އިންސިޑެންޓް ނަންބަރު ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށް ފުލުހުން އެދެއެވެ. 

އަދި ފުލުހުން ވަނީ، މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް