ads
ކޮވިޑް ޖެހިފައި ވަނިކޮށް ޓްރަމްޕް ސަޕޯޓަރުންނަށް މަރުހަބާ ކިޔުމަށް ކާރުގައި ދަތުރު ކުރައްވަނީ-- ފޮޓޯ: އޭއެފްޕީ
ކޮވިޑަށް ޕޮޒިޓިވްވެފައި ވަނިކޮށް ކާރުގައި ދިޔުމުން ޓްރަމްޕަށް ފާޑުކިޔުން އަމާޒުވެއްޖެ
ކޮވިޑް-19 އާލާސްކަންފުޅާ އުޅުއްވަމުން ވެސް ހޮސްޕިޓަލު ކައިރީގައި ތިބި ސަޕޯޓަރުންނަށް މަރުހަބާ ކިޔުމަށް ކާރެއްގައި ދަތުރު ކުރެއްވުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

މާސްކެއް އަޅުއްވައިގެން ކާރުގައި ޓްރަމްޕް އިންނެވި ނަމަވެސް، އެ ކާރުގެ ތެރޭގައި ތިބި ސީކްރެޓް ސާވިސްގެ މުވައްޒަފުންނަށް މިކަމުގެ ސަބަބުން ނުރައްކާ އެބަ އޮތް ކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެ އެވެ. 

ވައިޓް ހައުސްގެ ތަރުޖަމާނު ޖުޑް ޑިއާ ވިދާޅުވީ އެ ހަރަކާތް ކުރިއަށް ގެންދިޔެއީ އެއްވެސް ނުރައްކަލެއް ނެތް ކަމަށް މެޑިކަލް ޓީމުން ކަނޑައެޅުމުން ކަމަށެވެ.

ކޮވިޑަށް ޕޮޒިޓިވްވުމާއެކު މިދިޔަ ހުކުރު ދުވަހު ޓްރަމްޕް ވަނީ އަސްކަރީ ހޮސްޕިޓަލެއްގައި އެޑްމިޓުކުރައްވާފަ އެވެ. ހާލަތު މާ ސީރިއަސް ނޫން ކަމަށް ބައެއް ރިޕޯޓުތައް ބުނަމުން ދާއިރު، އެ ވާހަކަތަކުގެ ސައްހަކަމާ މެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަ އެވެ.

ޓްރަމްޕް އާލާސްކަންފުޅާ ދިމާވެފައި މި ވަނީ ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަން ވެފައި ވަނިކޮށެވެ. އެގޮތުން ނޮވެމްބަރު 3 ގެ އިންތިހާބަށް އެންމެ ފަހުގެ ކެމްޕޭނު މިހާރު ދަނީ ކުރަމުންނެވެ.

ޓްރަމްޕާއެކު އަނބިކަނބަލުން މެލާނިއާ އަދި އިސް އެހީތެރިންތަކާއި ރިޕަބްލިކަން ޕާޓީގެ ސެނެޓު މެމްބަރުންތަކެއް ވަނީ މި ބައްޔަށް ޕޮޒިޓިވްވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް