ads
ވިލިމާލެ--ފޮޓޯ:މޯލްޑިވްސް ޓްޑޭ
ވިލިމާލޭ ހުސްބިންތަކުގައި އިންދާފައިވާ ގަސްތައް ނެގުމަށް އަންގައިފި
ވިލިމާލޭގެ އެކި ސަރަހައްދު ތަކުގައި ހުރި ހުސްބިންތަކުގައި ހުއްދަނުނަގާ ގަސް އިންދަމުންދާތީ އެއް މަސް ދުވަހުގެ ތެރޭގައި ގަސްތައް ނެންގެމަށް މާލޭ ސިޓީ ކައުންސިލުން އަންގައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާންނެއްގައި ބުނީ ފަހަކަށް އައިސް ވިލިމާލޭގެ އެކިސަރަހައްދު ތަކުގައި ހުރި ހުސްބިންތައް ހުއްދަނުނަގާ ބިއްގަނޑު ޖަހާ ބަންދުކޮށް، ގަސް އިންދާ ހައްދަން ބައެއް ފަރާތްތަކުން ބޭނުންކުރަމުންދާ ކަމަށެވެ.

އެކަމަކީ 2017 ވަނަ އަހަރު އާއްމުކުރި މާލެ ސިޓީގެ ހުސްބިންތަކާއި، އެކިސަރަހައްދުތަކާއި އަދި މަގުމަތީ ތަކެތި ބެހެއްޓުމުގެ ގަވާއިދާއި ހިލާފް ކަމެއް ކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ގަސްތައް ނެގެމަށްފަހު ތަން ސާފުކުރުމަށް ސިޓީ ކައުންސިލުން ވަނީ އަންގާފައެވެ. 

ސިޓީ ކައުންސިލުން ބުނީ އެ މުއްދަތު ހަމަވުމުން ނުނަގާ ހުރި ގަސްތައް ނެގުން މޯލްޑިވްސް ޕޮލިސް ސާވިސްގެ އެހީތެރިކަމާއިއެކު އެ ކައުންސިލްއިން ކުރިއަށް ގެންދާނެ ކަމަށާއި އެގޮތަށް ނެގޭ ތަކެއްޗަށް ލިބޭ ގެއްލުމުގެ ޒިންމާ އެއިދާރާއިން ނެގެން ނޯންނާނެކަމަށެވެ.

ވިލިމާލޭގެ ހުސްބިންތައް ގަވާއިދާ ހިލާފަށް ބޭނުންކުރަމުންދާކަން މީގެ ކުރިންވެސް ފާހަގަކުރެވިފައިވާތީ، ސިޓީ ކައުންސިލުން ވަނީ 2019 ވަނަ އަހަރުވެސް އެކަމަކީ މަނާކަމެއްގެ ގޮތުގައި ކަނޑައަޅާ އާއްމުންނަށް އަންގާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް