ads
މ.މުލީ ފުޓްސަލް ދަނޑު
ސަރުކާރުން މ. މުލީގައި އެޅި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި
ޔޫތު މިިނިސްޓްރީން މ. މުލީގައި އެޅި ފުޓަސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި އެވެ.

މިކަން އިއުލާން ކުރައްވައި ކުޅިވަރާއިބެހޭ ވަޒީރު އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، މ.މުލީގެ ކައުންސިލާއި، އެރަށުގެ ޒުވާނުން އެދުނު ގޮތަށް ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލެވިފައިވާކަމަށެވެ. އަދި މިނިސްޓަރު ވަނީ ދަނޑުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކުރާމް ހަސަން އާއި، މުލީ ކައުންސިލްގެ އިތުރުން ރަށުގެ ޒުވާނުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

ތްރިޕަލް އެއިޓް ކުންފުންޏާއި ހަވާލުކޮށްގެން އެޅި މި ދަނޑުގެ މަސައްކަތަށް އެއް މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ވަނީ ހަރަދުވެފައެވެ. މި ދަނޑުގެ މަސައްކަތް ތްރިޕަލް އެއިޓް ކުންފުންޏާއި ހަވާލުކޮށް ކޮންޓްރެކްޓުގައި ސޮއިކުރީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 28 ވަނަ ދުވަހުއެވެ. 

މުލީ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލިއިރު، ޔޫތު މިނިސްޓްރީން އަންނަނީ ގިނަ ރައްތަކެއްގައި ފުޓްސަލް ދަނޑު އެޅުމުގެ މަސައްކަތް މިހާރުވެސް ކުރަމުންނެވެ. މީގެ އިތުރުން 22 ރަށެއްގައި ފެންވަރު ރަނގަޅު ޓާފް ފުޓުބޯޅަ ދަނޑު އެޅުމަށް މިދިޔަ މަހުގެ ތެރޭގައި ވަނީ ކޮންޓްރެކްޓުގައި ސޮއިކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް