ads
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު --
އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ވަނީ ހަތް ދައުވާ އެއް އުފުލާފަ އެވެ. އެއީ މަނީ ލޯންޑަރިންގެ ދެ ދައުވާއާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖައިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއަކާއި ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއެވެ.

ދައުލަތާއި އެކު ހަދަފައިވާ އިއުތިރާފްގެ އެއްބަސްވުމުގެ ދަށުން އަދީބު ވަނީ މި ހަތް ދައުވާ އަށް ވެސް ކްރިމިނަލް ކޯޓުގައި އިއުތިރާފްވެ ފައެވެ. އެހެން ކަމުން ގާޒީ ވަނީ އަދީބުގެ މި ހަތް ދައުވާގެ މައްސަލަ އަވަސްނިޔާ ޝަރީއަތުގެ ތެރެއިން ކުރިއަށް ގެންގޮސްފައެވެ. 

ދެ ގަޑިއިރަށް ދިގު ލައިގެން ދިޔަ ހުކުމް ކުރުމުގެ މި ޝަރިއަތުގައި އަދީބުގެ މައްޗަށް ޖުމުލަ 20 އަހަރުގެ ޖަލު ހުކުމެއް އިއްވި އިރު 2 މިލިއަން ރުފިޔާއިން ޖުރިމަނާ ކޮށް އެފައިސާ އެއް މަސްދުވަހުގެ ތެރޭގައި ދެއްކުމަށްވެސް ހުކުމް ކޮށްފައިވެ އެވެ. 

އަދީބުގެ މައްޗަށް ކޮށްފައިވާ ހުކުމް ތަކަކީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ކުށަށް 4 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ކުށަށް 2 އަހަރާއި 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށަށް 6 މަސް ދުވަހުގެ ޖަލު ހުކުމެއް، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުުމުގެ ކުށަށް 3 މަސް ދުވަހުގެ ޖަލު ހުކުމެއް މަނީ ލޯންޑަރިންގެ ކުށަށް 5 އަހަރާއި 11 މަހާއި 21 ދުވަހަށް ޖަލު ހުކުމާއި އެކު އެއް މިލިއަން ރުފިޔާއިން ޖޫރިމާނާ ކުރުން އަދި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށަށް 1 މަހާއި 15 ދުވަހުގެ ޖަލު ހުކުމުގެ އިތުރަށް މަނީ ލޯންޑަރިންގެ ކުށަށް ފަސް އަހަރާއި 11 މަހާއި 12 ދުވަހަށް ޖަލަށް ލުމާއެކު އެއް މިލިއަން ރުފިޔާއިން ޖޫރިމާނާ ކުރުމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް