ads
މަޖިލިސް-
އަބުރުގެ ބިލަކާއެކު 28 ބިލެއް ސަރުކާރުން ހުށަހަޅަނީ
އަބުރާ ބެހުމުގެ ބިލަކާއެކު ސަރުކާރުގެ ފަރާތުން މަޖިލީހަށް 28 ބިލެއް ހުށަހަޅަން ނިންމައިފި އެވެ.

މަޖިލީހުގެ ތިން ވަނަ ދައުރަށް އެ ބިލުތައް ހުށަހަޅަން ނިންމާފައިވާކަން ހާމަކުރީ ބަންޑާރަ ނައިބްގެ އޮފީހުންނެވެ.

މި ދައުރަށް 28 ބިލެއް ހުށަހަޅަން ނިންމާފައިވާއިރު އޭގެ ތެރޭގައި މުޅިން އަލަށް 19 ބިލެއް ހިމެނެ އެވެ. އަބުރުގެ ބިލު ހިމެނެނީ އޭގެ ތެރޭގަ އެވެ. އެގޮތުން އޭގައި ހިމެނެނީ އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމަށެވެ. 

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަރުކާރުން އަބުރާ ބެހުމުގެ ބިލެއް ތަސްދީގުކުރި އެވެ. އެއީ "އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު" އެވެ. އެ ގާނޫނާއެކު މީޑިއާތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވުމާއެކު މިސަރުކާރުން ވަނީ އެ ގާނޫނު އުވާލާފަ އެވެ.

އޭގެ އިތުރުން ވެސް މިހާރު އަމަލުކުރަމުންދާ ގާނޫނުތަކަށް އިސްލާހު ގެނައުމުގެ ނުވަ ބިލެއް ސަރުކާރުގެ ފަރާތުން ވަނީ ހުށަހަޅަން ނިންމާފަ އެވެ.

މި ދައުރުގައި ހުށަހަޅާ ބިލުތަަކުގެ ތެރޭގައި ކޯޓުތަކާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ހެއްކާއި ބެހޭ ބިލު އަދި ފޮރިން އިންވެސްޓްމަންޓްގެ ބިލާއި އިލެކްޓްރޯނިކް މުއާމަލާތްތަކުގެ ބިލާއި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލާއި ނަފްސާނީ ސިއްހަތުގެ ބިލާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ބިލު ހިމެނެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް