ads
ކޭސީ ގުޑްސަން ހޮސްޕިޓަލުގައި--
ކޭސީ ވިހެއި ދަރިފުޅު ކޮވިޑަށް ޕޮޒިޓިވްވެއްޖެ
އެމެރިކަން އައިޑަލްއިން ކުރިން ފެނިގެން ދިޔަ ލަވަކިޔުންތެރިޔާ ކޭސީ ގުޑްސަން ވިހެއި ފިރިހެން ދަރިފުޅު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ކުއިގްލީގެ ނަމުން މަޝްހޫރުވެފައިވާ ކޭސީ އެކަން އިއުލާން ކުރީ އޭނާގެ އިންސްޓަގްރާމުގަ އެވެ. ދަރިފުޅާއެކު ނަގާފައިވާ ފޮޓޯ އާއްމު ކުރަމުން އޭނާ ބުނީ މެކްސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. 

ހުން އައުމުގެ ސަބަބުން އެމަޖެންސީގައި ދަރިފުޅަށް ފަރުވާ ދީފައިވާ ކަމަށާއި މެކްސަށް ބަލި ޖެހުނީ ކޮވިޑަށް ޕޮޒިޓިވްވި މެޑިކަލް ސްޓާފެއްގެ ފަރާތުން ކަމަށް އޭނާ ބުންޏެވެ. 

ކޭސީ މި ވަގުތު ހުރީ ދަރިފުޅާއެކު ހޮސްޕިޓަލުގައި ކަރަންޓީނުވެގެންނެވެ. އޭނާގެ ގައިން އަލާމާތެއް ނުފެނުނު ނަމަވެސް ބަލި ޖެހިފައިވާ މީހެއް ފަދައިން އަމަލު ކުރަމުންދާ ކަމަށް އޭނާ ބުންޏެވެ.

ފޭނުންގެ ކިބައިން އޭނާ އެދިފައި ވަނީ ދަރިފުޅަށް ދުއާކޮށްދިނުމަށެވެ. ކޭސީ އެމެރިކަން އައިޑަލްގެ ގަދަ 36 ގެ ތެރޭގައި ހިމެނުނީ 2009 ވަނަ އަހަރު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް