ads
މެމްބަރު މުހައްމަދު ސައީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އެމްޑީޕީ ދެ ފެކްޝަނަކަށް އޮތުމުން ރައްޔިތުންނަށް ވާ ފައިދާއެއް ނެތް: ސައީދު
ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އޮތުމުން ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލަށް ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ  މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ދައްކަވާ ވާހަަކަތަކާއި ވިސްނަން ޖެހޭ ކަމަށެވެ. އެގޮތުން ބޮންޑޭ ދައްކަވަނީ އެޖެންޑާ19 ގެ ވާހަކަ ކަމަށާއި، އެނެއްކޮޅުން ހުށަހަޅާ ބިލްތަކަކީ ސަރުކާރުން ހުށަހަޅާ ބިލްތައް ކަމަށް ބުނާ ކަމަށެވެ. 

ސައީދު ވިދާޅުވީ މިކަންކަމުން އެނގި ހާމަވަނީ އެމްޑީޕީ ދެބަޔަކަށް ބެހިގެން ކުރިއަށްގެންދާ ބަހުސްތަކުގައި ރައްޔިތުންނަށްވާ ފައިދާއެއް ނެތް ކަމެވެ. 

"ބިނާކުރުވަނިވި ޕްލޭނަކީ މިތާންގެ، އެމްޑީޕީގެ ބިލެއްތޯ ފުރަތަމަ ޔަގީންކޮށްދެއްވާ އަޅުގަނޑުމެންނަށް." ސައީދު ވިދާޅުވި އެވެ.

ބިއުރޮކްރޮސީ މިއަދު އިތުރުވަމުން އަންނަކަން ފާހަގަކޮށް ސައީދު ވިދާޅުވީ ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލުންވެސް އުފެދޭ ބޯޑާއި އެކު މިފަދަ ގާނޫނުތަކުން އުފެދޭ ބޯޑުތައް އިތުރުވާ ކަމަށާއި، އެކަމާ ގުޅިގެން ދައުލަތުގެ ހަރަދުތައް އިތުރުވާކަމަށެވެ. 

އަދި ސައީދު ވަނީ ކޮވިޑް-19 ގެ މި ހައްސާސް ދަނޑިވަޅުގައިވެސް މަޖިލީހަށް އާމްދަނީއާ ބެހޭ އެއްވެސް ކަމެއް ނާންނަކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުންފާޅު ކުރައްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް