ads
މިނިސްޓަރު އޮޕް ހޯމްއެފެއާޒް އިމްރާން އަބްދުﷲ--
މޭޑޭގައި ދެއްކި ވާހަކަތައް އަންނަނީ ސާބިތުވަމުން: މިނިސްޓަރު އިމްރާން
ދެހާސް ފަނަރަވަނަ އަހަރުގެ މޭޑޭ މުޒާހަރާގައި ދެއްކި ވާހަކަތައް މިހާރު ސާބިތުވަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިފަދައިން ޓްވީޓް ކުރައްވާފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އިއްވި ހަތް ދައުވާއަށް އޭނާ އިއުތިރާފްވެ އެ ކުށްތަކަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވުމާއި ގުޅިގެންނެވެ. 

އިމްރާން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ 2015 ވަނަ އަހަރުގެ މޭޑޭ މުޒާހަރާގައި ރައްޔިތުން މަގުމައްޗަށް ނިކުމެ ދެއްކި ވާހަކައަކީ ރައްޔިތުންގެ މުއްސަނދިކަން އޭރުގެ ސަރުކާރުގެ ވެރިން ނުހައްގުގޮތުގައި ބޭނުންކުރަމުންދާ ވާހަކަ ކަމަށެވެ. އަދި މިއަދު އެކަމުގައި ޝާމިިލުވާ ފަރާތްތަކުގެ އިއުތިރާފުން ޝަރީއަތަށް އެކަން ސާބިތުވަމުންދާކަމަށް އިމްރާން ވިދާޅުވި އެވެ. 

"އެދުވަހުގެ ހާލަތާއި މިއަދުގެ ހާލަތު ވަޒަންކޮށްލީމައި ހިތަށް އަރަނީ މާތްﷲގެ ކުޅަދުންވަންތަކަން."

އިމްރާން ވިދާޅުވީ މިސަރުކާރުން އެއްވެސް މީހަކަށް އަނިޔާވެރިނުވާކަމަށެވެ. އަދި ރައްޔިތުންގެ ހައްގު ރައްޔިތުންނަށް ހޯދައިދޭނެ ކަމަށް އިމްރާން ވިދާޅުވި އެވެ. 

އެމްއެމްޕީއާސީ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ހަތް ދައުވާ ސާބިތުވެ 20 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށް ދެ މިލިއަން ރުފިޔާއިން ޖުރިމަނާކޮށްފައިވަނީ އިއްޔެ އެވެ.  

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް