ads
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްއަށް ވަޑައިގެން މާސްކު ނަންގަވަނީ--
ކޮވިޑުން ރަނގަޅު ނުވަނީސް ވައިޓް ހައުސް ބެލްކަނީގައި ޓްރަމްޕް މާސްކު ނަންގަވައިފި
ކޮވިޑުގެ އާލާސްކަންފުޅާ އުޅުއްވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްއަށް ވަޑައިގެން މާސްކު ނުލާ ފޮޓޯ ނަންގަވައިފި އެވެ.

ކޮވިޑާ ގުޅިގެން އޮކްސިޖެން މަދުވުމުގެ ސަބަބުން ޓްރަމްޕަށް ތިން ދުވަސް ވަންދެން ފަރުވާ ދެއްވާފައި ވަނީ އަސްކަރީ ހޮސްޕިޓަލެއްގަ އެވެ.

ފަރުވާއަށް ފަހު މިއަދު އެނބުރި ވަޑައިގެން ޓްރަމްޕް ވަނީ ވައިޓް ހައުސްގެ ބެލްކަނީގައި މާސްކު ނުލާ ފޮޓޯ ނަންގަވާފަ އެވެ. 

ޓްރަމްޕްގެ ޑޮކްޓަރު ވިދާޅުވެފައި ވަނީ ބަލިން ރަނގަޅު ވަންދެން ފަރުވާ ކުރިއަށް ގެންދާނީ ވައިޓް ހައުސްގައި ކަމަށެވެ.

ޓްރަމްޕްގެ އިތުރުން އަނބިކަނބަލުން މެލާނިއާ އަދި ގިނަ އެހީތެރިންނާއި ރިޕަބްލިކަން ޕާޓީގެ ވެރިންތަކެއް ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު ގާތްވެފައި ވަނިކޮށް ކޮވިޑަށް ޕޮޒިޓިވްވުމުން، ބަލި މާ ސީރިއަސް ނޫން ކަމަށް ދެއްކުމަށް ޓްރަމްޕް މަސައްކަތް ކުރައްވަމުންދާ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

އެމެރިކާގައި މިހާތަނަށް 7.4 މިލިއަން މީހުން މި ބައްޔަށް ޕޮޒިޓިވްވެފައި ވާއިރު 210،000 މީހަކު ވަނީ މި ބަލީގައި މަރުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް