ads
މަޖިލިސް——ފުޓޯ:ސީއެންއެމް
މަޖިލީހުގައި ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން ވަކިން ތިބޭގޮތަށް ފާސްކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެމްބަރުން ތިބޭ ތަރުތީބު ބަދަލުކޮށް ޕާޓީތައް ވަކިން ތިބޭގޮތަށް އާންމު ކޮމިޓީން ފާސްކޮށްފި އެވެ.

މަޖިލީހުގެ ތަޅުމުގައި މެމްބަރުން ތިބޭ ތަރުތީބު ބަދަލުކުރުމަށް އާންމު ކޮމިޓިން ކުރި މަސައްކަތުގައި އެންމެ ފަހުން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވަނީ އެހެން ގައުމުތަކުގެ މަޖިލީހުގައި މެމްބަރުން ތިބޭގޮތާއި ގުޅޭގޮތުން މަޖިލީހުގެ އިދާރާއިން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކޮމިޓީގައި އިއްވާފައިވެ އެވެ. 

އެދުވަހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ކޮމިޓީގެ މުގައްރިރު ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ މަޖިލީހުގައި މިހާރުވެސް މަސައްކަތް ކުރަމުން އަންނަނީ އަތޮޅުތަކަށް ވާގޮތަށް ނޫން ކަމަށާއި މަސައްކަތްކުރަމުން އަންނަނީ ޕާޓީތަކަށް ނިސްބަތްވާގޮތަށް ކަމަށެވެ.

އާންމު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވަނީ މަޖިލީހުގައި ހިމެނޭ ޕާޓީތައް ވަކިން ތަޅުމުގައި ތިބޭ ގޮތަށް ތަރުތީބު ބަދަލުކުރުމަށެވެ.

މި ނިންމުމަށް އަމަލުކުރެވޭނީ ކޮމިޓީގެ މި ނިންމުން މަޖިލީހުގެ ތަޅުމަށް ހުށަހަޅާ ފާސްކުރުމުންނެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް