ads
ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަން--
ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ މަސައްކަތްތައް ފަށައިފި
ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހަކު ކޮވިޑް-19 އަށް ފޮޒިޓިވްވުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކު ފުލުހުންގެ މަސައްކަތްތައް ފަށައިފި އެވެ.

"ފާޅު ބޯޓް" ކޭސްއާ ގުޅިގެން ކުޅުދުއްފުށި ހޮސްޕިޓަލުގެ އޯޕީޑީއަށް އަންނަ މީހުންގެ ތެރެއިން އަލާމާތްތައް ހުންނަ ފަރާތްތަކުގެ ސާމްޕަލް ދަނީ ނަގަމުންނެވެ. އެގޮތުން އިއްޔެ އޯޕީޑީއަށް އައި ފުލުހެއްގެ ސާމްޕަލް ނެގިއިރު ޕޮޒިޓިވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ރޭ ވަނީ ބުނެފައެވެ.

އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަަންކަން ބެލުމަށްޓަކައި ރަށް އަނެއްކާވެސް މޮނިޓަރިންއަށް ލާފައިވާއިރު ފުލުހުން ބުނީ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހަކު ކޮވިޑް-19 އަށް ފޮޒިޓިވް ވުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، އެ ސްޓޭޝަނުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދެވޭނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސައި މަސައްކަތްތައް ކުރިއަށް ގެންދަން ފަށައިފައިވާކަމަށެވެ. 

ފުލުހުންގެ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އެސްޓޭޝަނުން މިހާރު ވަނީ އަޅާފަކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެގޮތުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުލުސް އޮފިސަރާ ކޮންޓެކްޓްވި މުވައްޒަފުން ދެނެގަނެ އެމުވައްޒަފުން އައިސޮލޭޝަންއަށް ބަދަލުކޮށްފައިވާއިރު، ޕޮޒިޓިވްވި މުވައްޒަފާއި ސީދާ ކޮންޓެކްޓްވި ފަރާތްތަކުގެ އިތުރުންވެސް ވީހާވެސް ގިނަ އަދަދެއްގެ މުވައްޒަފުންގެ ސާމްޕަލްތައް ނަގައި ޓެސްޓްކުރުމުގެ މަސައްކަތްތައް ޕޮލިސް މެޑިކަލް ސާވިސަސްއާއި ގުޅިގެން މިހާރު ކުރިއަށް ގެންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ޕޮޒިޓިވް ފުލުސް މީހާ މަސައްކަތްކުރާ ޕޮލިސް ސްޓޭޝަން ޑިސްއިންފެކްޓްކޮށް، އެސްޓޭޝަންގައި ބޭނުންކުރާ ޕޮލިސް ގިއަރުތައްވެސް ޑިސްއިންފެކްޓްކުރުމަށްފަހު، އަލުން ބޭނުންކުރަން ވަނީ ފަށާފަކަަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ހިދުމަތް ކުރިއަށް ގެންދާއިރު ރަށުުތެރެ ބެލެހެއްޓުން މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ގޮތަށް އޮޕަރޭޝަނަލީވެސް ބައެއް ބަދަލުތައް ވަނީ ގެނެސްފަ ކަމަށެވެ.

އަޕާ ނޯތު ޕޮލިސް ޑިވިޒަންގެ ބައެއް ރަށްތައް މޮނިޓަރިންގެ ހާލަތުގައި އޮތްއިރު، އެރަށްރަށުގެ ޕޮލިސް ސްޓޭޝަންތައްވެސް ވަނީ ޑިސްއިންފެކްޓް ކޮށްފައެވެ. އަދި މިފަދަ ދަނޑިވަޅުގައި ރައްކާތެރިކަމުގެ ގޮތުން ފުލުހުންގެ އެކި ބޭނުންތަކުގައި ޕޮލިސް ސްޓޭޝަންތަކަށް ހާޒިރުވުމުގެ ބަދަލުގައި ހިދުމަތްތައް ހޯއްދެވުމަށް ފުލުހުން ވެބްސައިޓްގެ އީސަރވިސަސް ޕޯޓަލް މެދުވެރިކޮށް ހިދުމަތްތަކަށް އެދެވޭނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އޭގެއިތުރުން މިހާލަތުގައިވެސް ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެންމެހައި ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދެވޭނެ ގޮތަށް ކަންކަން ދަނީ ބައްޓަންކުރަމުން ކަަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގް ވިދާޅުވެފައިވަނީ ރޭގެ އެ ކޭސްއާއި ގުޅިގެން ހަ ރަށެއް މޮނިޓަރިންނަށް ލާފައިވާކަމަށެވެ.

އެއީ ހއ. ބާރަށް، ހއ. ދިއްދޫ، ހއ. ހޯރަފުށި އަދި ހދ. ކުޅުދުފުއްޓާއި ހދ. ކުރިނބީގެ އިތުރުން ށ. ފުނަދޫ އެވެ.

ޑރ. ނަޒްލާ ވިދާޅުވީ އެރަށްތައް މޮނިޓަރިންނަށް ގެނައީ އަތޮޅު ތެރޭގެ އެކި ސްޓޭޝަންތަކަށް އެމީހާ ދަތުރުކޮށްފައިވާތީ ކޮންޓެކްޓް ޓްރޭސިން ނިމެންދެން ކަމަށެވެ.    

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް