ads
އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓަރާ މަރިޔަމް ވިސާމް--
އަމިއްލަ 51 ވިޔަފާރިއެއް އުވާލައިފި
އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ 51 ވިޔަފާރިއެއް އެ މިނިސްޓްރީން އުވާލައިފި އެވެ.

އެ މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ވާގޮތުން އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނުގެ ދަށުން އެ މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަފަރުދުންގެ ވިޔަފާރިތަކުގެ ތެރެއިން 51 ވިޔަފާރިއެއް ވަނީ ބާތިލް ކުރެވިފައެވެ.

އިކޮނޮމިކް މިނިސްޓަރީން އުވާލާފައިވާ 51 ތަނުގެ ތެރޭގައި އަމިއްލައަށް ހިންގާ ކެފޭ ރެސްޓޯރަންޓް ތަކުގެ އިތުރުން މެޑިކަލް ކެެއާ ފަދަ ތަންތަންވެސް ހިމެނެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 10 އަކުން 27 ނިޔަލަށް ޖުމުލަ 51 ވިޔަފާރީއެއް އުވާލާފައިވާއިރު، އެ މިނިސްޓްރީ އިން  ވަނީ މިހާތަނަށް 4000 އަށްވުރެ ގިނަ ކުންފުންޏެއް އުވާލާފައެވެ.

2014 ވަނަ އަހަރު އަމިއްލަ ފަރުދުންގެ ވިޔަފާރީ ގާނޫނެއް އެކުލަވާލައިފައި ވަނީ އަމިއްލަ އެފަދަ ފަރާތްތައް އެދާއިރާ އަށް ނެރެ އެމީހުންނަށް ކުރިއެރުން ހޯދައިދިނުމުގެ ގޮތުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް