ads
ކޮވިޑް-19
އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފި
ދިވެހި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި 12 މާޗް އިން ފެށިގެން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފިއެވެ.

ހެލްތު މިނިސްޓްރީ ވަގުތީގޮތުން ހިންގުމާއި ހަވަލުވެހުންނެވި، މިނިސްޓަރު އަސްލަމް ސޮއެކުރައްވައި ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކޮށްފައިވާ ގަރާރުގައި ވަނީ، ރާއްޖޭގައި ކޮވިޑް-19 ފުޅާދާއިރާއެއްގައި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތްކަމަށާއި، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަދިވެސް އަޅަންޖެހޭކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލު ކުރެވޭކަމަށް ލަފާދީފައިވާތީ، 12 މާޗް އިން ފެށިގެން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ އަންނަ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހާއި ހަމައަށް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ. 

12 މާރޗްއިން ފެށިގެން ރާއްޖޭގެ ހުރިހާސަރަހައްދަކަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާނީ 30 ދުވަހުގެ މުއްދަތަށެވެ. އެހެންކަމުން އެމުއްދަތު ހަމަވާނީ 6 އޮކްޓޫބަރު 2020ގެ ނިޔަލަށެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނޮވެމްބަރު 5 އާއި ހަމައަށް އިތުރުކުރިކަން އިއުލާން ކުރުމަށްފަހު، ހެލްތް މިނިސްޓްރީން ވަނީ، ވަގުތާއި ހާލަތަށް ރިއާއަތްކޮށް، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅަންޖެހޭ ހާއްސަ ފިޔަވަޅުތަށް އަޅަމުން ގެންދިއުމަށް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގާފައެވެ. 

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 10،567 އަށް އަރާފައެވެ. އޭގެތެރެއިން އެކްޓިވް ކޭސްގެ އަދަދު އުޅެނީ 1،106 ގައެވެ. 9،427 މީހުން ބަލިން ރަނގަޅުވީރު، ކޮވިޑް ބަލީގައި މިހާތަނަށް ރާއްޖެއިން 34 މީހުން ވަނީ މަރުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް