ads
ށ. ފޯކައިދޫ--
ޕްރައިމަރީ ކޮންޓެކްޓުންގެ ގޮތުގައި ށ.ފޯކައިދޫއިން 6 ފުލުހެއް
ކުޅުދުއްފުށިން ޕޮޒިޓިވްވި ފުލުސް މީހާގެ ޕްރައިމަރީ ކޮންޓެކްޓުންގެ ގޮތުގައި ފޯކައިދޫއިން 6 ފުލުހެއް ފާހަގަކުރެވިފައިވާތީ ރަށުގައި ގިނަ މީހުން އެއްވެގެން ބާއްވާ އެއްވެސް ހަރަކާތެއް ނުބޭވުމަށް އަންގައިފި އެވެ.

ފޯކައިދޫ ސިިއްހީ މަރުކަޒުން ނެރެފައިވާ އެންގުމެއްގައި ބުނީ ކުޅުދުުއްފުށިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފަރާތުގެ ޕްރައިމަރީ ކޮންޓެކްޓުންގެ ގޮތުގައި އެރަށުގެ ހަ ފަރާތެއް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެކަމާއި ގުޅިގެން ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ފޯކައިދޫ ހެލްތު ސެންޓަރުގެ ޕޮލިޓިކަލް އެޕޮއިންޓާ އަހްމަދުު އަންވަރު ވިދާޅުވީ ޕްރައިމަރީ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ށ. ފުނަދޫގައި ވަކި އޮޕަރޭޝަންއެއްގައި މަސައްކަތްކުރި ހަ ފުލުހުން ކަަމަށެވެ. 

އެ ހަ ފުލުހުން ކުޅުދުއްފުށިން ޕޮޒިޓިވްވި ފުލުހާއިއެކު މަސައްކަތް ކޮށްފައިވާތީ އެ ހަ ބޭފުޅުންވެސް މިވަގުތަު ވަނީ ކަރަންޓީން ކުރެވިފައި ކަމަށް އަންވަރު ވިދާޅުވިއެވެ. 

"އެކީގައި މަސައްކަތްކުރި ފުލުހަކު ކުޅުދުއްފުށިން ޕޮޒިޓިވެފައިވާކަން އިނގުނީ އެ ހަ ފުލުހުން ރަށަށް އައިސް އުޅޭތާ ދެތިން ދުވަސް ފަހުން. އެހެންވީމަ ރަށުގެ ގިނަ އަދަދެއްގެ ބަޔަކާއި ބައްދަލުވެފައި ދެއްތޯ ހުންނާނީ . އެހެންވީމަ އަޅުނޑުމެން މިއެދެނީ ތަންތަނަށް އެއްވެއުޅުމާއި އެކަންތައް މަޑުޖައްސާލުން "

 އަންވަރު ވިދާޅުވިއެވެ.

އަންވަރު ވިދާޅުވީ އެ ހަ ފުލުހުންގެ ފަރާތުން އެއްވެސް އަލާމާތެއް އަދި ފެނިފައި ނުވާކަމަށާއި އެމީހުންގެ ސާމްޕަލް މިރޭ ނަގިފައިވާކަމަށެވެ. އަދި މަދަމާ އެ ސާމްޕަލްތަކުގެ ރިސަލްޓް ލިބޭނެކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

މިކަމާއި ގުޅިގެން ފޯކައިދޫ ސިިއްހީ މަރުކަޒުން ނެރެފައިވާ އެންގުމެއްގައި ބުނީ ކުޅުދުުއްފުށިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފަރާތުގެ ޕްރައިމަރީ ކޮންޓެކްޓުންގެ ގޮތުގައި އެރަށުގެ ހަ ފަރާތެއް ފާހަގަކުރެވިފައިވާ ކަމަށެވެ. 

އަދި އެ ހަ މީހުންނާއި ރަށުގެ ގިނަ ބަޔަކު ދިމާވެފައިވާތީ ފްރައިމަރީ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ ހަ މީހުންގެ ޓެސްޓްކުރެވި ނަތީޖާ ލިބެންދެން ކޮންމެހެން އެއްވާންޖެހޭ އެއްވުމެއް ފިޔަވާ ގިނަމީހުން އެއްވެގެން ބާއްވާ އެންމެހާ އެއްވުންތަކާއި ހަރަކާތްތައް އެއްވެސް ފަރާތަކުން ނުބޭއްވުމަށް އިލްތިމާސްކުރާކަމަށް އެ އެންގުމުގައި ވެއެވެ.

ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގް ވިދާޅުވެފައިވަނީ ރޭގެ އެ ކޭސްއާއި ގުޅިގެން ހަ ރަށެއް މޮނިޓަރިންނަށް ލާފައިވާކަމަށެވެ. އެއީ ހއ. ބާރަށް، ހއ. ދިއްދޫ، ހއ. ހޯރަފުށި އަދި ހދ. ކުޅުދުފުއްޓާއި ހދ. ކުރިނބީގެ އިތުރުން ށ. ފުނަދޫ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް