ads
ފޮޓޯ: ދައުލަތުގެ މީޑިއާ
ޝަރުޢީ ނިޒާމް އޮތީ ހިސޯރުވެފައި: އަލްހާން ފަހުމީ
ޝަރުޢީ ނިޒާމް އޮތީ ހިސޯރުކުރެވި، އަޅުވެތި ކުރެވިފައި ކަމަށް ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
ޝަރުޢީ ނިޒާމް އޮތީ ހިސޯރުކުރެވި، އަޅުވެތި ކުރެވިފައި ކަމަށް ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ޝަރީޢަތަކީ މިނިވަން އިންސާފުވެރި ޝަރީޢަތެއް ނޫންކަމަށާއި، އެއީ ދެރަވަރު ބަދަލުހިފުމެއް ކަމަށެވެ.

މިއަދު ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމްކޮށް 5 އަހަރަށް ޖަލަށްލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުންވަނީ ނިންމާފައެވެ.

ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވި ބެންޗުގައި އިސްކޮށް ގާޒީ އަލީ ރަޝީދު ހުންނެވި އިރު ގާޒީ ވަކި އަތަކަށް ބުރަވެވަޑައިގެންފައިވާ ކަމުގެ ތުހުމަތުކުރާ ޤާޟީއެއް ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ.

އަދި މިމައްސަލަ ކުރިން ބެއްލެވި ޤާޒީ ނެރުއްވި ބަޔާނަކާ ގުޅިގެން ޤާޒީ ޢަލީ ރަޝީދު ރާއްޖެ ޓީވީއާ ވާހަކަދެއްކެވި ހިސާބުން އެމަނިކުފާނާ މެދު އިދިކޮޅު ފަރާތްތަކުން ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ވަނީ ހުށަހަޅާފައިވެއެވެ. ނަމަވެސް އެމައްސަލަ ޖޭއެސްސީއިން ބެލިކަމުގެ މައުލޫމާތެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް