ads
އެޗްއާރްސީއެމްގެ މެމްބަރުން--
އެޗްއާރްސީއެމްއަށް އައްޔަން ކުރުމަށް ރައީސް ފޮނުވި ނަންތަކަށް އާއްމުންގެ ހިޔާލު ހޯދަނީ
ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ހުސްވެފައިވާ މެންބަރުންގެ މަގާމަށް ރައީސް ނަން ފޮނުއްވާފައިވާ ފަރާތްތަކާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ފުރުސަތު ހުޅުވާލައިފި އެވެ.

އެޗްއާރްސީއެމްގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމުތަކަށް އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ނަންތަކަކީ މ. ބާރަނާގެ މަރްޔަމް މުނާ އާއި އއ. ތޮއްޑޫ، ފިނިވާގެ އަހްމަދު ސަމީނު ގެ އިތުރުން ޅ. ހިންނަވަރު ހިޔާވަހި، ފާތިމަތު މަހީރާ މުހައްމަދު އެވެ.   

އެ މަގާމަށް އެ ފަރާތްތައް އައްޔަނުކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ހޯއްދެވުމަށް އެދިވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އޮކްޓޫބަރު ފަސް ވަނަ ދުވަހު މަޖިލީހަށް ސިޓީއެއް ފޮނުވާފަ އެވެ.

އެކަމާއި ގުޅިގެން މަޖިލީހުން ނެރުނު އިއުލާނެއްގައި އެޗްއާރްސީއެމްގެ ގާނޫނުގެ ދަށުން އެ ކޮމިޝަނަށް މެމްބަރަކު އައްޔަނުކުރުމަށް ރައީސް ފޮނުއްވާފައިވާ މައްސަލަ ފަހެއް އޮކްޓޫބަރު 2020 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ އެއް ވަނަ ޖަލްސާގައި އިއުލާނުކުރުމަށް ފަހު އެ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ.

އެގޮތުން ރައީސް ފޮނުއްވި ނަންތަކަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާފައިވާކަން އިއުލާންކޮށް މަޖިލީހުން ބުނީ އެ ނަންތަކާއި ގުޅޭގޮތުން ޝަަކުވާއެއްވާނަމަ 13 އޮކްޓޫބަރު ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، ޝަކުވާ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު އެނގޭނެ ގޮތަށް އެ ޝަކުވާއެއް މަޖިލީހުގެ މިނިވަންމުއައްސަސާތަކުގެ ކޮމިޓީއަށް މެއިލް ކުރުން އެދޭކަމަށެވެ. ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ހެށަހެޅޭނެކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދީފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް