ads
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް-- ފޮޓޯ: ކުޅުދުއްފުށި އޮންލައިން
ކުޅުދުއްފުށިން އިތުުރު ދެ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
ހދ. ކުޅުދުއްފުށިން އިތުރު ދެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ކުޅުދުއްފުށި ހޮސްޕިޓަލްއިން ބުނީ ހދ. އަތޮޅުން 23 ޑައިރެކްޓް ކޮންޓެކްޓެއްގެ ސާމްޕަލް ނެގިފައިވާ ކަމަށެވެ. އަދި އޭގެތެރެއިން ކުޅުދުއްފުށިން ނެގި ދެ ސާމްޕަލްއެއް ޕޮޒީޓިވެ ވެފައި ވާކަމަށް އެ ހޮސްޕިޓަލް އިން ބުނެއެވެ.

ކުޅުދުއްފުށި ހޮސްޕިޓަލްއިން އިތުރަށް ބުނީ މާދަމާ ކުޅުދުއްފުށީ ސްކޫލްތައް ހުޅުވާގޮތައް ހަމަޖެހިފައި ނުވާކަމަށެވެ. ކުޅުދުއްފުށި މިއަދުވަނީ މޮނިޓަރިންއިން ނަގާފައެވެ. އަދި މިރޭ ފެނުނު ޕޮޒިޓިވްވި ކޭސްތަކާއި ގުޅިގެން އިތުރަށް މޮނިޓަރިންއަށް ލުމަށް އަދި ހަމަޖެހިފައި ނުވާކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

ކުޅުދުއްފުށިން ޕޮޒިޓިވްވި ފުލުސް މީހާގެ ޕްރައިމަރީ ކޮންޓެކްޓުންގެ ގޮތުގައި ފޯކައިދޫއިން ވެސް ހަ ފުލުހެއް ފާހަގަކުރެވިފައިވާތީ އެރަށުގައި ގިނަ މީހުން އެއްވެގެން ބާއްވާ އެއްވެސް ހަރަކާތެއް ނުބޭވުމަށް ވަނީ އަންގައިފި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް