ads
ސައިފް އަލީ ހާން އާއި އޭނާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު، ސާރާ އަލީ ހާން
ބޮޑު ތުހުމަތެއް ކުރެވުނަސް ބައްޕަ ހުރީ ސާރާއާއެކު
ސައިފް އަލީ ހާނުގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު، ސާރާގެ ނަން ނޫސްތަކުގެ ފަލަ ސުރުހީއަށް މިފަހުން އަރައިގެން އުޅެނީ ސުޝާންތު ސިންގް ރާޖުޕުތުގެ މަރުގެ މައްސަލައިގެ ތެރެއިން ތަހުގީގުކުރަން ފެށި ޑްރަގު މައްސަލައަކާއެކު އެވެ. ޑްރަގު ބޭނުންކުރާ ކަމުގެ ތުހުމަތުތަކާއެކު ސާރާއަށް ގިނަ ބައެއް ފާޑުކިޔުން އަމާޒުވެފައިވި އެވެ. އަދި އޭނާގެ ބައްޕަ ވެސް އޭނާ ދޫކޮށްލީ ކަމަށް ބުނެ އަޑުތައް އެރި އެވެ.

އެފަދަ އަޑުތަކެއް އެރި ނަމަވެސް ސައިފް މިވަނީ އެ އަޑުތައް ދޮގުކޮށްފަ އެވެ. އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ސައިފް ބުނީ އަބަދުވެސް އޭނާ ހުންނާނީ ދަރިންްނާއެކު ކަމަށެވެ. އެގޮތުން ތިން ދަރިން ދެކެ ވެސް ލޯބިވާ ކަމަށާއި އެކަމަކު ތައިމޫރާއެކު ގިނަ ވަގުތު ހޭދަކުރެވޭކަން އެއީ ހަގީގަތެއް ކަމަށް ބުންޏެވެ. އެކަމަކު އިބްރާހީމް އާއި ސާރާއާ ވެސް ގުޅުން އޮންނަ ކަމަށާއި އެގޮތުން ތިން ކުދިންނަކީ ވެސް އެކި އުމުރުގެ ކުދިން ކަމުން އެކުދިންނާއެކު ވަގުތު ހޭދަކުރަނީ އެކި ގޮތްގޮތަށް ކަމަށް ބުންޏެވެ. 

ސައިފް ބުނީ ސާރާ އާއި އިބްރާހީމްއާއެކު ފޯނުން އެތައް އިރަކު ގުޅައިގެން ވާހަކަ ދެއްކިދާނެ ކަމަށާއި އަދި ކެއުމެއްގައި ވެސް އެތައް އިރަކު ހޭދަކުރެވިދާނެ ކަމަށެވެ. އެކަމަކު އެގޮތަށް ތައިމޫރާއެކު ނޫޅެވޭނެ ކަމަށެވެ. 

ކަރީނާއާ ކައިވެނިކުރުމުގެ ކުރިން ސައިފް ވަނީ އަމްރިތާ ސިންގްއާ ކައިވެނިކޮށްފަ އެވެ. އެ މީހުން ވަރިވީ 2004 ވަނަ އަހަރެވެ. ސާރާ އާއި އިބްރާހީމަކީ އެކައިވެންޏަށް ލިބުނު ދެކުދިންނެވެ. 

ޑްރަގުގެ މައްސަލައިގައި ސާރާގެ ނަން އާންމުވެގެން ދިޔައިރު އެ މައްސަލަ ތަހުގީގުކުރަމުންދާ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ އިން ވެސް ވަނީ ސާރާގެ ބަޔާން ނަގާފަ އެވެ.

29%
ކަމުގޮސްފި
43%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
29%
ވަރަށް ސަލާމް
ކޮމެންޓްސް