ads
އިތުރު ބަންގްލަދޭޝް ބަޔަކު ގައުމަށް ފޮނުވާލުން--
އިތުރު 200 ބަންގްލަދޭޝް މީހަކު ގައުމަށް ފޮނުވާލައިފި
ރާއްޖޭގައި އުޅެމުންދިޔަ އިތުރު 200 ބަންގްލަދޭޝް މީހަކު އަނބުރާ ގައުމަށް ފޮނުވާލައިފި އެވެ.

މޯލްޑިވިއަނުން ކުރި ޓްވީޓެއްގައި ބުނީ މޯލްޑިވިއަންގެ ފްލައިޓެއްގައި ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް އެގައުމުގެ އިތުރު 200 މީހަކު ފުރާފައިވާ ކަމަށެވެ. 

މިއީ މޯލްޑިވިއަނުން ބަންގްލަދޭޝް މީހުން ގޮވައިގެން ކުރާ 39 ވަނަ ދަތުރެވެ. 

ރާއްޖޭގައި ސައްހަ ލިޔެކިޔުން ނެތް ބަންގްލަދޭޝް މީހުންނާއި އެނބުރި ގައުމަށް ދާން ބޭނުން މީހުން ފުރުވާލުމަށް ސަރުކާރާއި މޯލްޑިވިއަން ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނުގެ މިހާތަނަށް 7532 މީހަކު މިވަނީ ގައުމަށް ފޮނުވާލާފަ އެވެ. 

އޭގެ އިތުރުން ވެސް ކޮވިޑާއި ގުޅިގެން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭން އައި އެގައުމުގެ އަސްކަރީ އުޅަނދުތަކެއްގައި ވެސް އެގައުމުގެ ރައްޔިތުންތަކެއް ގެންގޮސްފައިވެ އެވެ. 

ކޮވިޑް-19 ގެ މިހާލަތުގައި އެ މަަސައްކަތް ފެށިގެން ކުރިއަށްދާއިރު ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 20000 އާ ގާތް ކުރާ އަދަދަކަށް މީހުން އަނބުރާ ގައުމަށް ފޮނުވާލުމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް