ads
ޓްރަމްޕް އަދި ބައިޑެން-- ފޮޓޯ: ރޮއިޓާޒް
ޓްރަމްޕްގެ ހަށިކޮޅުގައި ވައިރަސް އުޅޭ ނަމަ ބަހުސްގައި ބައިވެރި ނުވާނަން: ބައިޑެން
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހަށިކޮޅުގައި ކޮވިޑް-19 ވައިރަސް އަދިވެސް އުޅޭ ނަމަ ރިޔާސީ ބަހުސްގައި ބައިވެރިވާން އުޒުރުވެރިވާ ކަމަށް ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.

ޓްރަމްޕަށް ކޮވިޑް ޖެހިވަޑައިގެންނެވިކަން އިއުލާނު ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އޮކްސިޖަން ދަށްވުމުން ހުކުރު ދުވަހު އަސްކަރީ ހޮސްޕިޓަލެއްގައި އެޑްމިޓުކޮށް، ޓްރަމްޕަށް ފަރުވާ ކުރެއްވި އެވެ.

އެ ހޮސްޕިޓަލުގައި ތިން ދުވަސް ހޭދަކުރެއްވުމަށް ފަހު ޓްރަމްޕް އިއްޔެ ވައިޓް ހައުސް އަށް އެނބުރި ވަޑައިގަތުމަށް ފަހު ވަނީ ފޮޓޯ ޝޫޓަށް މާސްކު ނަންގަވާފަ އެވެ.

އެކަމާ ގުޅިގެން ބައިޑެން ވިދާޅުވީ ޓްރަމްޕްގެ ހަށިކޮޅުގައި އަދިވެސް ވައިރަސް އުޅޭ ނަމަ ރިޔާސީ ބަހުސްގައި ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށެވެ.

ރިޔާސީ ބަހުސްގެ ފުރަތަމަ ބުރު ނިމިފައި ވާއިރު، ދެވަނަ ބުރު ތާވަލުކޮށްފައި ވަނީ އޮކްޓޯބަރު 15 އަށެވެ. ބައިޑެން ވިދާޅުވީ ސިއްހީ ޓީމުގެ ލަފާ އެކަމުގައި ހޯއްދަވާނެ ކަމަށެވެ. 

ޓްރަމްޕާއި އަނބިކަނބަލުން މެލާނިއާ މި ބައްޔަށް ޕޮޒިޓިވްވެފައި ވާއިރު، ޓްރަމްޕްގެ ގިނަ އަރިސް ބޭފުޅުންގެ ތެރޭގައި މި ބަލި އަދިވެސް ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ.

އެގޮތުން ވައިޓް ހައުސްގެ އެޑްވައިޒަރު ސްޓިފަން މިލާ އާއި އަސްކަރީ އިސް އޮފިޝަލެއް މިއަދު ވަނީ ޕޮޒިޓިވްވެފަ އެވެ. އަސްކަރީ ހަތް ލީޑަރުން މި ވަގުތު ވެސް ތިބީ ޕޮޒިޓިވްވުމުން ކަރަންޓީނުގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް