ads
ސިޓީ ކައުންސިލް ބައްދަލުވުމެއް-- ފޮޓޯ: މާލެ ސިޓީ ކައުންސިލް/ ޓްވިޓާ
ހަސަން އާއި ޝިފާޒު ކައުންސިލް ބައްދަލުވުންތަކުގައި ބައިވެރިވާން ފާހެއް ނުވި
މާލޭގެ ރައްޔިތުންނާ ގުޅޭ ކަންކަމުގައި ސިޓީ ކައުންސިލުން ބާއްވާ ބައްދަލުވުންތަކުގައި އެމްޑީޕީގެ ފަރާތުން ލަފާ ދޭން އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް އަދި ނައިބު ރައީސް މުހައްމަދު ޝިފާޒު ބައިވެރިކުރުވުމަށް ފާހެއް ނުވި އެވެ.

އެކަމާ ގުޅޭ ގޮތުން އެ ދެ ބޭފުޅުން ދާދި ފަހުން ވަނީ ކައުންސިލް މެމްބަރުންނާ ބައްދަލުކުރައްވާފަ އެވެ. އެގޮތަށް ފާސް ކުރުމަށް ކައުންސިލުގެ ބައްދަލުވުމަށް ހުށަހެޅީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ.

ނަމަވެސް އެ ދެ ބޭފުޅުން ކައުންސިލު ބައްދަލުވުންތަކުގައި ބައިވެރި ކުރުވަން ނުފެންނަ ކަމަށް ވަނީ ނިންމާފަ އެވެ. އެގޮތަށް ފާސްކުރީ މެމްބަރުންގެ އިއްތިފާގުންނެވެ. 

ކައުންސިލުން ބުނީ އެމްޑީޕީން ލަފާ ދިނުމުގެ ފުރުސަތު މިހާރު ވެސް އެބަ އޮތް ކަމަށާއި ކައުންސިލުގެ މެޖޯރިޓީ އޮތީ ވެސް އެ ޕާޓީއަށް ކަމަށެވެ. އަދި ސަރުކާރުން ކުރަން ބޭނުންވާ ކަންކަން ކޮށްދޭން ތައްޔާރަށް އޮތް ކަމަށް ކައުންސިލުގެ ނިންމުމުގައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް