ads
މާޝަލް އާޓްސް ކުރިއަށް ދަނީ-- ފޮޓޯ: ޔޫތު މިނިސްޓްރީ
ގައުމީ މާޝަލް އާޓްސް ސެންޓަރެއް އެޅުމުގެ މަސައްކަތް ފަށައިފި
މާޝަލް އާޓްސްގެ ގައުމީ އެސޯސިއޭޝަނެއް އުފައްދައި، ހުޅުމާލޭގައި ނޭޝަނަލް މާޝަލް އާޓްސް ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މަހުލޫފް މިހެން ވިދާޅުވީ، ހުޅުމާލޭ މިނީ ކޮންމްޕުލެކްސްގައި ކުރިއަށްދާ މާޝަލް އާޓްސް ސެޝަންތައް ބައްލަވައިލެއްވުމަށް ފަހު ކުރެއްވި ޓްވީޓެއްގައެވެ. މިނިސްޓަރުގެ ޓްވީޓުގައި ވިދާޅުވީ، ރާއްޖޭގެ މާޝަލް އާޓްސް ކޮމިއުނިޓީ އާއި ގުޅިގެން ގައުމީ އެސޯސިއޭޝަނެއް އުފައްދައި، ހުޅުމާލޭގައި ނޭޝަނަލް މާޝަލް އާޓްސް ސެންޓަރެއް ގާއިމް ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. 

މާޝަލް އާޓްސްގެ ސެޝަންތަށް މިހާރު ކުރިއަށްގެންދާ ހުޅުމާލޭ މިނީ ސްޕޯޓްސް ކޮމްޕިލެކްސްގެ ޖިމް އަކީ މިއަހަރުގެ ނިޔަލަށް އެއްވެސް ފީއަކާއި ނުލައި ޝޮޓޮކަން ރިޔޫ ކަރާޓޭ ޑެ އެސޯސިއޭޝަނަށް ދޫކޮށްފައިވާ ތަނެކެވެ. 

މިތަން މިހާރު ވެސް، މާޝަލް އާޓްސްގެ ސެޝަންތަކަށް ހަ އެސޯސިއޭޝަނަކުން އަންނަނީ ބޭނުން ކުރަމުންނެވެ. އެއީ ޝާކްސް މާޝަލް އާޓްސް އެކަޑަމީ، ކޫޑޯ މޯލްޑިވްސް، މޯލްޑިވްސް ޓައިކްވަންޑޯ ފެޑެރޭޝަން، މޯލްޑިވްސް އައިކިޑޯ އެސޯސިއޭޝަން، ކްރޭވް މެގާ އަދި މޯލްޑިވްސް ވޫޝޫ ފެޑެރޭޝަން އެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް