ads
ރައީސް މަޖިލިސް ރައީސާ ބައްދަލުކުރެއްވުން. ފޮޓޯ: ޓްވީޓާ
ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން ބާއްވާފައިވަނީ މުލިއާގޭގައެވެ. ރައީސް ވިިދާޅުވީ މި ބައްދަލުކުރެއްވުމުގައި ގިނަ ކަންތައްތަކަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އެގޮތުން ކޮވިޑް-19 އާއި ގުޅިގެން އިގްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް ސަރުކާރާއި ރައްޔިތުންގެ މަޖިލިސް ގުޅުގެން މަސައްކަތް ކުރުމުގެ މުހިންމުކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވިކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވިއެވެ. 

ދެރައީސުން އެންމެ ފަހުން ބައްދަލުކުރައްވާފައިވަނީ މިދިޔަ ޖޫންމަހުގެ 4 ވަނަ ދުވަހުއެވެ. އެބައްދަލުކުރެއްވުމުުގައި ތަރައްޤީގެ އެޖެންޑާ ތަންފީޒްކުރުމުގެ މުހިންމު ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހަކީ އެ ސިޔާސަތުތައް ތަންފީޒްކުރުމުގައި މުހިންމު އިދާރާއެއްކަމަށާ، ސަރުކާރާއި މަޖިލިސް ގުޅިގެން ރައްޔިތުންނަށްޓަކައި މުހިންމު މަސައްކަތްތަކެއްކުރައްވަމުން ގެންދަވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް