ads
ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އިންޑިއާއިން ނަގާ ލޯނުތައް ނަގަނީ ދެފުށް ފެންނަ ގޮތަށް: ރައީސް ނަޝީދު
އިންޑިއާއިން ނަގާ ލޯންތައް ނަގަނީ ދެ ފުށް ފެންނަ ގޮތަށް ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުން ރޭ ބޭއްވި ނޫސްވެރިންގެ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ "ދަރަނީގެ ދަންތުރަ" އަކަށްވަނީ ނަގާ ދަރަންޏާއި އުފައްދާ ހަރުމުދަލާ އެއްވަރުނުވުމުން ކަމަށެވެ. ނަގާ ދަރަނިން އެފައިސާ ދެއްކޭނެ އިގްތިސާދީ ހަރަކާތް ނުހިންގޭނަމަ އެއީ ދަރަނީގެ ދަންތުރައެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. 

އިންޑިއާއިން ނަގާ ލޯނާއި ޗައިނާއިން ނަގާ ލޯންތަކުގައި ވަރަށް ބޮޑު ތަފާތެއް ހުންނަ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެގޮތުން އިންޑިއާއިން ނަގާ ލޯންތައް ޓެންޑާ ކުރެވެނީ ރާއްޖޭގެ ޓެންޑާ ބޯޑުންކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ އެކަން ވަނީ ދެފުށްފެންނަ ގޮތަށް ކަމަށެވެ. 

"އެހެންނޫނިއްޔާ މި ހިނގާގޮތަކީ އަޅުގަނޑުމެން ލޯނަކަށް އެއްބަސްވަނީ، މަސައްކަތްތަކަށް އެއްބަސްވަނީ. ދެން އައިސް ބަޔަކު މީހުން އެ މަސައްކަތް ކުރަނީ، އަޅުގަނޑުމެނަށް ލިބެނީ ބިލެއް. ދަރަނީގެ ދަންތުރުއަކަށް ވެގެންމިދަނީ އަޅުގަނޑުމެން ދަރަންޏަށް ނަގާ ފައިސާއިން އުފައްދާ ހަރުމުދާ އެ ދަރަންޏާ އެއްވަރުނުވީމަ."

ރައީސް ނަޝީދު ވިދާޅުވީ އިންޑިއާއިން ސަރުކާރުން ނަގަމުންގެންދާ ލޯނާއި އެހީތަކަކީ ދެފުށްފެންނަ ގޮތަށް ކުރާ ކަންކަން ކަމަށެވެ. އަދި ދެފުށްފެންނަ ގޮތަށް ޓެންޑަރުގެ އުސޫލުން ކަންކަން ކުރެވުމުން ހުރިހާ ފަރާތްތަކަށް ވެސް އެކަންކަމާއި ގުޅޭގޮތުން ވާހަކަ ދެއްކޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް