ads
ހުޅުމާލޭގައި ހުންނަ ފިޔަވަތި-- ފޮޓޯ: ސަން
ފިޔަވަތިން ޕޮޒިޓިވްވި ކުދިންގެ ތެރޭގައި ހައި ރިސްކު ކުއްޖަކު ހިމެނޭ
ދައުލަތުން ބަލަހައްޓާ ކުޑަކުދިން ދިރިއުޅޭ ފިޔަވަތިން އަށް ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާއިރު، އޭގެ ތެރެއިން އެއް ކުއްޖަކު ހިމެނެނީ ހައި ރިސްކު ކެޓަގަރީގައި ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ފިޔަވަތީގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވީ ސެޕްޓެމްބަރު 30 ގައި ކަމަށެވެ. އަދި އެތަނުގައި ތިބި އަށް ކުއްޖަކު ވެސް ޕޮޒިޓިވްވެފައިވާ ކަމަށް ބުންޏެވެ.

"މި ފައްސިވި ކުދިންގެ ތެރޭގައި ރިސްކް ކެޓަގަރީގައި ހިމެނޭ ކުއްޖެއްވުމުން، މި ކުއްޖާ ކެއާވޯކަރާ އެކު ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ބަދަލުކޮށްފަ އެވެ. އަދި ކުއްޖާގެ ހާލަތު މޮނިޓަ ކުރެވި އެދެވޭ ފަރުވާ ދެމުންދާކަމާއި ހާލު ރަނގަޅުކަން ދަންނަވަމެވެ،" އެ ބަޔާނުގައި ވެއެވެ. 

ޖެންޑާ މިނިސްޓްރީން ބުނީ ޕޮޒިޓިވްވި އެހެން ކުދިން ވެސް ފެސިލިޓީއަކަށް ބަދަލުކޮށްފައިވާ ކަމަށާއި އެގޮތަށް އަމަލު ކުރީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އަދި ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރުގެ އިރުޝާދުގެ ދަށުން ކަމަށެވެ.

އޭގެ އިތުރުން އެޗްޕީއޭ އާއި އެޗްއީއޯސީގެ އިރުޝާދުގެ ދަށުން ގުޅުން ހުރި އިދާރާތަކާއި މޮނިޓާ ކުރުމުގެ ޒިންމާ އަދާކުރާ ފަރާތްތަކަށް އެންގުމަށް ފަހު، ކަރަންޓީން ކުރެވުނު ފަންގިފިލާގައި ހިމެނޭ 26 ކުދިން ކެއާ ވޯކަރުންނާއި އެކު އިތުރު ތަނަކަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

"މިތަނަކީ ތިން ފަންގިފިލާއަށް ހުރި 12 ކޮޓަރި ހިމެނޭ ތަނަކަށް ވެފައި، ކުދިންނަށް ބޭނުންވާ ރައްކާތެރިކަން ލިބޭނެކަން މި ސާވިސްއިން ޔަގީނންކޮށްއަ ރުވަމެވެ. އަދި ކުދިންގެ ތައުލީމީ ކަންކަން ވެސް މި ތަނުގައި ކަށަވަރުކުރެވޭނެކަން ވެސް ދަންނަވަމެވެ،" ޖެންޑާ މިނިސްޓްރީން ބުންޏެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް