ads
ސައުތް އޭޝިއަން ގޭމްސްގެ ތެރެއިން--
ސްޕޯޓްސް ކައުންސިލްގެ ރައީސް ކަމުގެ މަގާމަށް ނާހިދު ހަމަޖައްސައިފި
ހުސްވެފައިވާ ސްޕޯޓްސް ކައުންސިލްގެ ރައީސް ކަމުގެ މަގާމަށް އެކައުންސިލްގެ ނައިބު ރައީސްގެ ގޮތުގައި ހުންނެވި އިބްރާހިމް ނާހިދު ހަމަޖައްސައިފިއެވެ.

މިކަން އިއުލާން ކުރައްވަމުން މިނިސްޓަރު މަހުލޫފް ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ސްޕޯޓްސް ކައުންސިލްގެ ރައީސްކަމުގެ މަގާމަށް ނާހިދު އައްޔަންކޮށްފައިވާ ކަމަށާއި، ނާހިދުގެ ތަޖުރިބާ އާއި ހުނަރުގެ އަލީގައި ރާއްޖޭގެ ކުޅިވަރަށް އެތައް ފައިދާއެއް ކުރާނެ ކަމަށެވެ. 

ރާއްޖޭގެ ކުޅިވަރަށް އެކި ގޮތްގޮތުން ގިނަ ހިދުމަތްތަކެއް މިހާރުވެސް ކުރައްވަމުންގެންދަވާ ނާހިދު އަކީ ވަކިން ހާއްސަކޮށް ބާސްކެޓްބޯޅައިން ފާހަދަކޮށްލޭ ފަރާތެކެވެ. ކުރީގެ ގައުމީ ކެޕްޓަނެއްގެ އިތުރުން ނާހިދު ވަނީ ގައުމީ ބާސްކެޓްބޯޅަ ޓީމަށް ކޯޗުކަންވެސް ކޮށްދީފައެވެ. އަދި މީގެ އިތުރުން ގައުމީ ބާސްކެޓްބޯޅަ އެސޯސިއޭޝަންގައި ނާހިދު ވަނީ 2008 އިން 2013 އަށް މަސައްކަތް ކޮށްފައެވެ. 

ބާސްކެޓްބޯޅައަށް ހިދުމަތްކުރުމުގެ އިތުރުން ދާދިފަހުންވެސް ނާހިދު ވަނީ ރާއްޖޭގެ ކުޅިވަރާއި ގުޅުންހުރި މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން 2018 ވަނަ އަހަރު އިންޑޮނޭޝިއާގެ ޖަކާޓާގައި ބޭއްވި އޭޝިއަން ގޭމްސް އާއި، 2019 ވަނަ އަހަރު މޮރީޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި، 2019 ވަނަ އަހަރު ނޭޕާލްގެ ކަޓަމަންޑޫގައި ބޭއްވި ސައުތް އޭޝިއަން ގޭމްސްގައި ރާއްޖެއިން ބައިވެރިވި ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަންގެ ޒިންމާ އަދާކުރެއްވީ ނާހިދުއެވެ. 

ސްޕޯޓްސް ކައުންސިލްގެ ރައީސްކަމުގެ މަގާމު ހުސްވީ ކުރިން އެމަގާމުގައި ހުންނެވި އިބްރާހިމް އިސްމާއިލް، ސަރުކާރުގެ ހިދުމަތުން ރިޓަޔާކޮށް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އެކައުންސިލަށް ރާއްޖޭގެ ކުޅިވަރު ގާނޫނުން މަތިކުރާ ކަންތައްތަކުގެ ތެރެއިން ގަވާއިދުތަކާއި އުސޫލުތަށް ހެދުމުގެ 90 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް