ads
ޑރ. ޖަމީލް--
މިސަރުކާރުން ކުރާކަމަކީ ކުރީސަރުކާރުގެ މަޝްރޫއުތަކުގައި ޕޮލިޝްކުރުމާއި ސަނާކިއުން: ޑރ. ޖަމީލް
ނުފުއްދޭވަރުގެ ބޮޑެތި ވައުދުތަށް ހުއްޓަލަން ދަސްކުރަން ވެއްޖެ ކަމަށާއި، މިސަރުކާރުން ކުރާހާވެސް ކަމަކީ ކުރީސަރުކާރުގެ މަޝްރޫއުތަށް ޕޮލިޝް ކުރުމާއި އަމިއްލައަށް ސަނާކިއުން ކަމަށް ކުރީގެ ނާއިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ކުރީގެ ނާއިބު ރައީސް ޑރ.ޖަމީލް ވިދާޅުވީ މި "ފަސް އަހަރު" ހާސިލްކުރެވުނު ކަމަކީ ކުރީ ސަރުކާރުގެ މަޝްރޫއުތައް ޕޮލިޝްކުުރުމާއި އަމިއްލައަށް ސަނާކިޔުން ކަމަށެވެ. ނަމަވެސް އަދި މިސަރުކާރަށް ފަސް އަހަރުނުވާކަން ފާހަގަކުރެވެ އެވެ.

މިސަރުކާރުގެ މަސައްކަތްތަކަށް ފާޑުވިދާޅުވަމުން ޑރ.ޖަމީލް ވިދާޅުވީ، ކުރިން ކަމުނުދިޔަ ފްލެޓާއި، ބްރިޖުތަކާއި، މަހާޖައްރާފު މިއަދު ރަނަށް ވެއްޖެ ކަމަށެވެ. އަދި ކުރިން ގޯސްވި ގާނޫނު މިއަދު މޮޅުވެއްޖެ ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ. މިހެން ވިދާޅުވަމުން ޑރ.ޖަމީލް ހިއްސާކޮށްފައިވަނީ އަބުރުގެ ގާނޫނާއި ގުޅޭ ފޮޓޯއެކެވެ. އެހެންކަމުން ކުރިން ގޯސްވި ނަމަވެސް މިހާރު މޮޅުވި ގާނޫނެއްކަމަށް އެވިދާޅުވަނީ އަބުރުގެ ގާނޫނުކަމަށް ބެލެވެއެވެ.

ރައީސް ޔާމީންގެ ސަރުކާރުން، އޭރުގެ މަޖިލީހުން ފާސްކޮށް އަދި މިހާރު ބާތިލުކޮށްފައިވާ އަބުރުގެ ގާނޫނުގައި އަބުރާބެހުމުގެ ކުށް އޮތީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ. ނަމަވެސް މިސަރުކާރުން އަންނަނީ އަބުރާއި ބެހުން މަދަނީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް، އެކަމާއިގުޅޭ ބިލް މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް