ads
"ލާމަސީލު ޒުވާނުން ކޭމްޕާއެކު ރާއްޖެ ގެންދަން ބޭނުންވާ މިސްރާބަށް ގެންދެވޭނެ"
"ލާމަސީލު ޒުވާނުން" ގެ ނަމުގައި ފުލުހުންނާއި ޔޫތު މިނިސްޓްރީން ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމަކީ ރާއްޖެ ގެންދަން ބޭނުންވާ މިސްރާބަށް ގެންދެވޭނެ ފަދަ ޕްރޮގްރާމެއް ކަމަށް ޔޫތު މިނިސްޓްރީއާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު، މުހައްމަދު މަލީހް މިއަދު ވިދާޅުވެއްޖެ އެވެ.
"ލާމަސީލު ޒުވާނުން" ގެ ނަމުގައި ފުލުހުންނާއި ޔޫތު މިނިސްޓްރީން ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމަކީ ރާއްޖެ ގެންދަން ބޭނުންވާ މިސްރާބަށް ގެންދެވޭނެ ފަދަ ޕްރޮގްރާމެއް ކަމަށް ޔޫތު މިނިސްޓްރީއާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު، މުހައްމަދު މަލީހް މިއަދު ވިދާޅުވެއްޖެ އެވެ.

އެ ކޭމްޕުގެ ފަހުމުނާމާގައި ސޮއި ކުރުމާއި އިފްތިތާހުކުރުމަށް މިއަދު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މަލީހް ވިދާޅުވީ، ރާއްޖޭގެ އާބާދީގެ ތިން ބައި ކުޅަ ދެބަޔަކީ ޒުވާނުންކަމަށް ވެފައި ރާއްޖެ ބިނާކޮށް ހަމަ ބިމަށް އެޅުމުގެ އެންމެ ބޮޑު ޒިންމާ ބޮލުގައި އެޅިފައި އޮތީ ވެސް ޒުވާނުންގެ ކަމަށެވެ.

އޭގެ އިތުރުން އެންމެ ގިނަ ކުށްތަކަށް ވެސް އަރައިގަންނަނީ ޒުވާނުންކަން ފާހަގަކުރައްވަމުން މަލީހް ވިދާޅުވީ އެހެންކަމުން ޒުވާނުންގެ ހަކަތަ، ބިނާކުރެވެނިވި ހަކަތަކަށް ބަދަލުކުރެވިއްޖެނަމަ ދިވެހި ރާއްޖެ ތަރައްގީގެ މަގުގައި ހޯދަން އުޅޭ މިސްރާބަށް ވާސިލުވެވޭނެ ކަމަށެވެ.

"ތަފާތު އެކި ނަން ނަމުގަ ފުލުހުންގެ ފަރާތުން މި ފާއިތުވި މާޒީގަ ހިންގާފަވޭ. މި ޕްރޮގްރާމުގެ ކާމިޔާބުކަން ރަމްޒުކޮށްދެނީ މި ޕްރޮގްރާމުތަކުގެ ބައިވެރިން މިނިސްޓްރީތަކުގަ އެބަ ތިއްބެވި. ބޮޑެތި މަގާމުތަކުގަ އެބަ ތިއްބެވި،"

ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ސްކޫލު ނިންމާ، ނިކުންނަ ދަރިވަރުންނަށް ވަޒީފާގެ ފުރުސަތު ނުލިބުންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ވަޒީފާގެ ފުރުސަތު ނުލިބުމުން ކުރިމަތިވާ މާޔޫސްކަމުގެ ތެރެއިން ވެސް ކުށްތަކަށް އަރައިގަންނަ ކަމަށެވެ.

ދެ ހަފުތާގެ މުއްދަތަކަށް ކުރިއަށް ގެންދާ އެ ޕްރޮގްރާމުގައި ވަޒީފާގެ ހުނަރުތައް ދަސްކޮސްދިނުމާއި އިސްލާމްދީނުގެ ރިވެތި ތަރުބިއްޔަތު ދަސްކޮށްދޭނެކަން ވެސް މިނިސްޓަރު ފާހަގަ ކުރައްވަ އެވެ.

ޔޫތު މިނިސްޓަރު ކަމުގެ މަގާމާ ވަގުތީ ގޮތުން މިނިސްޓަރު މަހީލް ހަވާލުވެވަޑައިގެން ހުންނެވީ މިވަގުތު މިނިސްޓަރު އަހްމަދު މަހްލޫފް ރާއްޖެގައި ނެތުމުންނެވެ.

މިނިސްޓަރުގެ އިތުރުން އެ ރަސްމިއްުޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، ފުލުހުންގެ މަސައްކަތް ކުރިއަށް ގެންދަން ޖެހޭނީ ރައްޔިތުންގެ ބައިވެރިވުމާއެކީގައި ކަމަށް ގަބޫލުކުރައްވާ ކަމަށައި އެގޮތުން ކުރިއަށް އޮތް އަހަރުތަކުގައި ސިޓިޒަންސް އިން ޕޮލިސިން ފަދަ ޕްރޮގްރާމުތައް ރާއްޖެއަށް ތައާރަފުކުރާނެ ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް